އަސަދުގެ ވެރިކަމާއި ދެކޮޅު ތެދުވި އެތައް ބަޔަކު ވަނީ މަރާލާގައި. ދެލައްކައެއްހާ ސުންނީ މުސްލިމުންވެސް މަރާލާފައިވާ ކަމަށް ބުނެވޭ. އެމީސްމީހުން ވަޅުލާފައިހުރި ފަސް ވަޅުގަނޑެއް މިހާރު ވަނީ ފެނިފަ.
677 ދުވަސް ކުރިން - 11:16
ރަޝިއާ ސިފައިންގެ ކެމިކަލް ހަތިޔާރުގެ އިސް ވެރިޔާ އާއި އޭނާގެ އެހީތެރިޔާ މަރާލާފައިވަނީ މިއަދު ހެނދުނު އެޕާޓްމަންޓުން ނުކުންނަނިކޮށް ސްކޫޓަރެއްގައި ގޮވާތަކެތި ހަރުކޮށްގެން. އޭނާއަކީ އެމެރިކާއާއި އިނގިރޭސިވިލާތުން ބްލެކްލިސްޓް ކޮށްފައިވާ މީހެއް.
677 ދުވަސް ކުރިން - 20:52
ޖެނުއަރީ 20 ގައި އޮންނަ އެމެރިކާގެ ރައީސް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ދަޢުވަތު ދެއްވާފައިވާއިރު، ޗައިނާއިން އަދިވެސް އެކަން ބަލައިގެންފައެއް ނުވޭ.
678 ދުވަސް ކުރިން - 06:55
ބަންގްލަދޭޝްގައި އިންތިހާބުގެ އިންތިޒާމު ހަމަޖެއްސުމުގެ ކުރިން ގިނަ ކަންތަކެއް އިސްލާހު ކުރަންޖެހޭ ކަމަށާއި އެންމެ އަވަހަށް ވެސް އިންތިޚާބެއް ބޭއްވެން މަދުވެގެން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ކެއާޓޭކާ ސަރުކާރުގެ ވެރިޔާ ވިދާޅުވޭ.
678 ދުވަސް ކުރިން - 14:36
بشار ألأسدއާއި ބައްޕަ حافظ ألأسد.ގެ ޢާއިލާ ޤަބޫލު ކުރަނީ އިމާމަކީ ޢަލީގެފާނު ކަމުގަ. بشار އަކީ ރަޝިއާ، އީރާން އަދި ޙިޒުބުﷲގެ ވާގި ލިބިގެން ވެރިކަންކުރި، ސުންނީ ހަލައްކަ މުސްލިމުން ޤަތުލުކުރި ލީޑަރެއް.
679 ދުވަސް ކުރިން - 21:56
ރަޝިޔާއާއި ކްރިމިއާ ވަކިކުރާ ކާޗް ސްޓްރެއިޓްގައި މިއަދު ފެތުނު ދެ އުޅަނދުގައި 28 ފަޅުވެރިން ތިބިއިރު އެމީހުން ސަލާމަތްކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން. މި ޓޭންކަރުތައް ފެތުނީ ވިއްސާރަވެ ކަނޑު ގަދަވެގެން.
679 ދުވަސް ކުރިން - 17:53
ވިޔަފާރީގައި މީގެ ކުރިން މައްސަލަޖެހި ގުޅުން ގޯސްވި އެމެޒޯންއިން ޓަރްމްގެ ހުވައިކުރެއްވުމަށް 1 މިލިއަން ޑޮލަރު ދޭއިރު މެޓާއިން ވެސް ޓްރަމްޕަށްނފައިސާ ދިނުމަށް ވަނީ ނިންމާފައި.
679 ދުވަސް ކުރިން - 17:30
5 މީހުން މަރާލި ކަމަށް ބުނެ އަމިއްލައަށް ފުލުހުންނާއި ޙަވާލުވީ 22 އަހަރުގެ މީހެއް. ބަޑިޖަހައި މަރައިލީ ރެފިއުޖީންނާއި ސެކިއުރިޓީން.
679 ދުވަސް ކުރިން - 14:48
ޔަހޫދީ ދިފާޢީ ވަޒީރު ވަނީ ސޫރިޔާއާއި ލުބުނާނު ސަރަޙައްދުގައިވާ މައުންޓް ހާމަންގައި ޔަހޫދީ ފައުޖުތައް ދާއިމީކޮށް ޤާއިމުކުރުމަށް އަމުރުކުރައްވާފަ. މިއާއެކު ސަރަޙައްދުގެ ބާރު ޔަހޫދީންގެ އަތްމައްޗަށް ދާނެކަމަށް ދިރާސާކުރާ މީހުން ކަށަވަރު ކުރޭ.
680 ދުވަސް ކުރިން - 22:32
ހޯމަ ދުވަހު 8 ބޮމުގެ ހަމަލާ ދީފައިވާއިރު 100 އަށްވުރެ ގިނަ މީހުން މަރުވި. އަންގާރަ ދުވަހު ދިން ހަމަލާތަކުގައި މަދުވެގެން 20 މީހުން މަރުވި. ދެއަހަރުތެރޭ 12 މިލިއަން މީހުން ރެފިއުޖީންނަށްވެއްޖެ.
680 ދުވަސް ކުރިން - 20:11
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލްގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްވެފައިވަނީ 204 މެންބަރުންގެ ތާއީދާއެކު. ދެކޮޅަށް ވޯޓު ދެއްވީ 85 މެންބަރުން.
680 ދުވަސް ކުރިން - 16:32
ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ކުއްލިގޮތަކަށް ވެއްޓުނު ފަހުން، މެދުއިރުމައްޗަށް ބްލިންކެން ކުރެއްވި ފުރަތަމަ ދަތުރުގައި، މި ބައްދަލުވުމުގައި ދެ ފަރާތުން ސޫރިޔާގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވި.
681 ދުވަސް ކުރިން - 13:12