ފްރާންސްގެ އުތުރުގެ ސިޓީއެއްގައި ފަސް މީހަކު މަރާލި ކަމަށް ބުނެ މީހަކު ފުލުހުންނާ ހަވާލުވެއްޖެއެވެ.
ގާޑިއަން ނޫހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ފްރާންސްގެ އުތުރުގެ އައްސޭރިފަށުގެ ސިޓީއެއްގެ ރެފިއުޖީ ކޭމްޕެއްގައި އިއްޔެ ހަވީރު ދެމީހަކާއި ދެ ސެކިއުރިޓީ ގާޑުން ބަޑިޖަހައި މަރާލާފައިވެ އެވެ.
އެ ނޫހުން ބުނި ގޮތުގައި ބަޑިޖެހިތާ މާގިނައިރުތަކެއް ނުވެ 22 އަހަރުގެ ފިރިހެނަކު ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް އަމިއްލައަށް ހަވާލުވެ ފަސް މީހަކު މަރާލި ކަމަށް ބުނެފައިވެ އެވެ.
ހަމަލާދިން މީހާގެ ގޮތުގައި އަމިއްލައަށް އިޢުތިރާފްވި ޒުވާނާ ހައްޔަރުކޮށްފައިވަނީ ހަވީރުއެވެ.
އޭއެފްޕީ އިން ބުނާ ގޮތުގައި ބީޗުގައި ދެ ސެކިއުރިޓީ ގާޑުންނާއި އެހެން ޤައުމެއްގެ ދެމީހަކު ހިމެނޭ ގޮތަށް ހަތަރު މީހަކު ބަޑިޖަހައި މަރާލާފައިވެ އެވެ.
ޚަބަރުތައް ބުނާގޮތުގައި ހަމަލާދިން މީހާ ވަނީ މީގެ ކުރިން ކައިރީގައި އޮންނަ ވަރމައުތު ޓައުންގައި މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށް އެއްބަސްވެފަ އެވެ. އޭނާގެ ކާރުން ބަޑިއެއް ފެނިފައިވާއިރު، ބަޑި ޖަހަމް ޖެހުނު ސަބަބެއް އަދި ސާފު ނުވާކަމަށް ނޫސްތަލުގައި ބުނެއެވެ.
އޭނާ ބަޑިނޖެހި ސަރަޙައްދަކީ ގިނަ ޢަދަދަކަށް އަފްޢާނިސްތާމުގެ ރެފިއުޖީންނާއި ކުރުދީން އުޅޭ ސަރަޙައްދެކެވެ.









