Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވެރިކަން ވައްޓާލި ބަންގްލަދޭޝްގެ އިންތިޚާބު ބާއްވާނީ 2025ގެ ފަހުކޮޅު ނުވަތަ 2026 ގައި

ވެރިކަން ވައްޓާލި ބަންގްލަދޭޝްގެ އިންތިޚާބު ބާއްވާނީ 2025ގެ ފަހުކޮޅު ނުވަތަ 2026 ގައި

ޖަވާދު
632 ދުވަސް ކުރިން - 16 ޑިސެންބަރު 2024 14:36
އަވަސް އިންތިޚާބެއް ބޭއްވުމަށް އިގްތިޞާދީ މާހިރު މުޙައްމަދު ޔޫނުސްއަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދޭ.
އަވަސް އިންތިޚާބެއް ބޭއްވުމަށް އިގްތިޞާދީ މާހިރު މުޙައްމަދު ޔޫނުސްއަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދޭ.
ޚުލާސާ

ބަންގްލަދޭޝްގައި އިންތިހާބުގެ އިންތިޒާމު ހަމަޖެއްސުމުގެ ކުރިން ގިނަ ކަންތަކެއް އިސްލާހު ކުރަންޖެހޭ ކަމަށާއި އެންމެ އަވަހަށް ވެސް އިންތިޚާބެއް ބޭއްވެން މަދުވެގެން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ކެއާޓޭކާ ސަރުކާރުގެ ވެރިޔާ ވިދާޅުވޭ.

އެންމެ އަވަހަށް ވެސް އިންތިޚާބެއް ބޭއްވޭނީ އަންނަ އަހަރު ނިމޭއިރު ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް ބަންގްލަދޭޝްގެ ކެއާޓޭކަރ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް ވިދާޅުވެއްޖެއެވެ.

އިންތިޚާބު ބޭއްވުމަށް ޕްރެޝަރުތައް އިތުރުވަމުންދާއިރު ނޮބެލް އިނާމު ހާސިލްކޮށްފައިވާ އިގްތިސާދީ މާހިރު މުހައްމަދު ޔޫނުސް ވަނީ އޭނާގެ ބާރު ހުރިހާ ދިމާލެއްގައި އޮންނަ ކަހަލަ އިންތިޤާލީ ސަރުކާރެއް އެކުލަވާލައި ކޮމިޝަންތައް ވެސް އެކުލަވާލާފައެވެ.

ބަންގްލަދޭޝްގެ ދަރިވަރުން އިސްވެ އޮވެ ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށް، ސިފައިންނާއި ފުލުހުންގެ ތެރެއިން ވެސް ގިނަބަޔަކު ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ދެކޮޅަށް ސިއްރިޔާތުގައި ތެދުވެ އެ ސަރުކާރު ވައްޓާލިއިރު، އޭގެ ފަހުން މުހައްމަދު ޔޫނުސް ވަނީ 'ޗީފް އެޑްވައިޒަރު' ކަމަށް އައްޔަން ކުރައްވާފަ އެވެ.

Advertisement

Advertisement 1

"އިންތިހާބުގެ ތާރީހުތައް ކަނޑައެޅޭނީ 2025 ވަނަ އަހަރު ނިމޭއިރު ނުވަތަ 2026 ވަނަ އަހަރުގެ ފުރަތަމަ ބައިގެ ނިޔަލަށް،" ދައުލަތުގެ ޓީވީން މުޙައްމަދު ޔޫނުސް މިއަދު ވިދާޅުވި އެވެ.

މުޙައްމަދު ޔޫނުސް ޤައުމު އިސްލާހުކުރުމަށް ކޮމިޝަންތައް އުފައްދަވާފައިވާއިރު، އިންތިޚާބު ބާއްވާ ތާރީހު ބިނާވެފައިވަނީ ސިޔާސީ ޕާޓީތަކުން އެއްބަސްވާ ތާރީޚެއްގެ މައްޗަށެވެ.

"މިދެމެދުގައި އަޅުގަނޑު ބާރުއަޅާފައި މިވަނީ އިންތިހާބުގެ އިންތިޒާމު ހަމަޖެއްސުމުގެ ކުރިން އިސްލާހުތައް ކުރަންޖެހޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އުމުރުން 77 އަހަރުގެ ހަސީނާ އިންޑިއާއަށް ފިލައިގެން ދިޔައީ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު އޭނާގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެގަތުމުންނެވެ.

ހަސީނާގެ ސަރުކާރުގައި އިންސާނީ ހައްގުތަކާ ޚިލާފު ފުޅާދާއިރާއެއްގައި ތުހުމަތުތަކެއް ކުރެވިފައިވާއިރު، ޝަރީއަތުން ބޭރުން މީހުން މެރުމާއި، ރަހީނުކުރުމާއި، ސިޔާސީ އިދިކޮޅު އެތައް ސަތޭކަ ބަޔަކު ގެއްލުވާލުން ހިމެނެއެވެ. 

ކެއާޓޭކަރ ސަރުކާރުން އުފެއްދި ކޮމިޝަން އޮފް އިންކުއަރީ އިން އެންފޯސްޑް ޑިސްޕެއަރެންސް އިން ބުނީ ބަންގްލަދޭޝްގެ ސިޔާސީ އިދިކޮޅު މީހުންތަކެއް ވަގަށް ނެގުމުގައި ހަސީނާ އާއި އޭނާގެ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވި ކަމުގެ ހެކިތައް ހޯދާފައިވާ ކަމަށެވެ.

ހަސީނާގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކުގައި ބައިވެރިވި ކަމަށް ރިޕޯޓްތަކާ ގުޅިގެން އެމެރިކާއިން 2021 ވަނަ އަހަރު ރެޕިޑް އެކްޝަން ބެޓޭލިއަން އާއި އެ ބެޓޭލިއަންގެ އިސް ހަތް އޮފިސަރުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެ އެވެ.

ބަންގްލަދޭޝް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"އަހަރެން ހައްޔަރުވެސް ކޮށްފާނެ ނުވަތަ މަރާވެސް ލަފާނެ، ނަމަވެސް އެނބުރި ގައުމަށް ދާން ނިންމައިފިން": ޝެއިހް ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ކޯޓަށް ހާޒިރުވާން ނިންމަވައިފި

61 ދުވަސް ކުރިން - 16:10

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

69 ދުވަސް ކުރިން - 13:33

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

105 ދުވަސް ކުރިން - 13:09

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

176 ދުވަސް ކުރިން - 15:10

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

އަލިފާނުގައި މަރުވި 2ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލަނީ

178 ދުވަސް ކުރިން - 15:42

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

181 ދުވަސް ކުރިން - 16:58