Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

بشار ألأسد އާއި އޭނާގެ ބައްޕަ حافظ ألأسد އަދި ސީރިއާ

بشار ألأسد އާއި އޭނާގެ ބައްޕަ حافظ ألأسد އަދި ސީރިއާ

އުސްތާޛް އަލީ އާދަމް
587 ދުވަސް ކުރިން - 15 ޑިސެންބަރު 2024 21:56
ބައްޝާރުލް އަސަދު އާއި އޭނާގެ ބައްޕަ ޙާފިޡުލް އަސަދު (ވ)
ބައްޝާރުލް އަސަދު އާއި އޭނާގެ ބައްޕަ ޙާފިޡުލް އަސަދު (ވ)
ޚުލާސާ

بشار ألأسدއާއި ބައްޕަ حافظ ألأسد.ގެ ޢާއިލާ ޤަބޫލު ކުރަނީ އިމާމަކީ ޢަލީގެފާނު ކަމުގަ. بشار އަކީ ރަޝިއާ، އީރާން އަދި ޙިޒުބުﷲގެ ވާގި ލިބިގެން ވެރިކަންކުރި، ސުންނީ ހަލައްކަ މުސްލިމުން ޤަތުލުކުރި ލީޑަރެއް.

بشار ألأسد އާއި އޭނާގެ ބައްޕަ حافظ ألأسد. ގެ ޢާއިލާ އަކީ ޝީޢާ ފިރުޤާއެއް ކަމަށްވާ علوى އަޤީދާގެ ބައެކެވެ. ޢަލަވީ ، ގެ މާނަ އަކީ ޢަލީގެފާނަށް ކިޔަމަންވާ މީހުންނެވެ. އެމީހުން ޤަބޫލު ކުރަނީ محمد صلى اللّه عليه وسلم އަށް ފަހު އިމާމަކީ ޢަލީގެފާނު ކަމުގައެވެ. މިމީހުން ބުނަނީ، ﷲގެ އެއްކައުވަންތަކަން ޤަބޫލު ކުރާކަމަށެވެ. އެހެން ނަމަވެސް އަޤީދާ ވަންހަނާ ކުރަންޖެހެއެވެ. ބައްޝާރު ގެ ޢާއިލާ ގެ އަޤީދާ އާއި ބެހޭގޮތުން އެނގިފައިވަނީ ކުޑަ މިންވަރެއް ކަމަށްވެއެވެ. ބައްޝާރު ގެ ޢާއިލާ އަށް ވެރިކަން ލިބުނީ، 1970 ގައި އޭނާގެ ބައްޕަ ގެނައި ސިފައިންގެ ބަޣާވާތަކުންނެވެ. 

އެއަށް ފަހު ޢާއްމު ޚިދުމަތްތަކާއިބެހޭ އިދާރާތަކުގައި އަސްކަރީން ވަރުގަދަކޮށް ވެރިން ގޮތުގައި ސިފައިން ހަމަޖެއްސިއެވެ. ޢަލަވީ ފިރުޤާގެ މީހުންނަށް صليبى ހަނގުރާމަ އަށް ފަހު އެތައްޒަމާނަކު އަނިޔާ ލިބިފައިވާކަމަށް ވެއެވެ. އެއަށް ފަހު علوى އަޤީދާގެ މީހުންނަކީ އަޤީދާ އެއްގެ ބައެއް ކަމަށް ކަނޑައެޅުމަށް ފުރާންސް ދަރިކޮޅުގެ މީހުން އެދުމުން ޢަލަވީން އެކަމަށް އިންކާރުކުރިއެވެ. ބައްޝާރުގެ ޢާއިލާ ވެރިކަން ކުރީ ލިބަރަލް ނުވަތަ ސެކިއުލަރު ސިޔާސަތެއްގެ މައްޗަށް ކަމަށް މެދުއިރުމަތީގެ މުސްލިމުން ދެކެއެވެ. ބައްޝާރު ދެކުނު ގޮތުގައި ސީރިޔާގެ މުސްތަޤުބަލު ބިނާވެގެންވަނީ ސެކިއުލިޒަމު ގެ މައްޗަށެވެ. ބައްޝާރުގެ ޢާއިލާގެ ވެރިކަމުގައި ކްރިސްމަސް ފާހަގަކުރުމާއި ޚުރާފާތްތަކާއި ބިދުޢަތައް ދިރުވައި މުނާޞަބަތުތައް ފާހަގަކުރުން ހުއްދަ ކުރެވިފައި ވިއެވެ. 

Advertisement

Advertisement 1

2021 ވަނަ އަހަރުގެ ޖުލައިމަހު ހޮމްސް ސިޓީގައި بشار ألأسد ހިންގި ޤަތުލުޢާންމުގައި 5200 މުސްލިމުން މަރައިލި.

އިރާޤުގެ އާބާދީ ގައި "ޢަލަވީ" ފިރުޤާއަށް ނިޞްބަތްވަނީ %10 ނުވަތަ %13ޕަސެންޓު ކަމަށް ބުނެވެއެވެ. ޢާއްމު ކޮށް އެމީހުން އުޅެނީ ، އައްސޭރި ފަށުގެ لآذقية އަދި طرطوس ގައެވެ. ތުރުކީ (ތުރްކިޔޭ)ގެ އުތުރަށް ވެސް މިފިރުޤާ ފެތުރިފައި ވެއެވެ. ތުރްކިޔޭގެ ރަށެއް ކަމަށްވާ حطاإى ގަ އާއި ލުބުނާނު ގެ ހުޅަގު ގައި ވެސް ކޮންމެ ވެސް ވަރަކަށް މިފިރުޤާ މީހުން އުޅެއެވެ. ބައްޝާރުގެ ޢާއިލީ ވެރިކަން ފެށިފައި އޮތީ މިލިޓަރީ ވެރިކަމަކުން ކަމަށް ވުމުން ވެރިކަން ދެމެހެއްޓުމުގައި އަނިޔާވެރިކަން އިންތިހާއަށް ބޮޑުވުމާ އެކު 2011ގައި ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅަށް ރައްޔިތުން މުޒާހަރާ އަށް ނިކުތެވެ. 

އެމުޒާހަރާ އަށް ގިނައިން ނުކުތީ ސިރިޔާގެ އާބާދީ ގައި %80އަށް ވުރެ ގިނަ ސުންނީ މުސްލިމުންނެވެ. އެހެންކަމުން ސީރިޔާގެ ސަރުކާރުން ވަރަށް އަނިޔާވެރިކޮށް އެމުޒާހަރާ ބަލިކޮށް، ގިނަބަޔަކަށް ކެމިކަލް ހަތިޔާރުން ހަމަލާ ދީ ޖަލުގެ ގޮޅިތަކުގައި ގިނަ ބަޔަކު ޝަހީދު ކުރިއެވެ. އެގޮތުން ހަލައްކަ މީހުން ޤަތުލުކޮށް 6 މިލިއަން މީހުން ގެދޮރުން ނެރެ ހާލުގައި ޖެއްސިއެވެ. ގިނަ ބަޔަކު އަވަށްޓެރި ޤައުމުތަކާއި ޔޫރަޕަށް ހިޖުރަކުރަން މަޖުބޫރު ވިއެވެ. ސަރުކާރު ދެމެހެއްޓުމަށް ސީރިޔާގެ ސަރުކާރުން އެހީތެރިކަން ހޯދާފައިވަނީ ރަޝިޔާ އާއި އީރާނުންނާއި އީރާނުން އެހީތެރިވާ ލުބުނާނުގެ ޙިޒުބުﷲ ޖަމާޢަތުންނެވެ.

މިއަދު މިވަނީ 50 އަހަރަށް ފަހު އަނިޔާވެރި ސަރުކާރަކުން ﷲ ސީރިޔާގެ ރައްޔިތުންނަށް ނަޞްރު ދެއްވާފައެވެ. އެހެން ނަމަވެސް މިވަގުތު ގިނަ ޢަރަބި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތިބީ ދީނަށް އިހުމާލުވެފައިވާ އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވެދޭ ވެރިން ކަމުގައި ވުމުން ސީރިޔާގެ ކަންކަން ރަނގަޅުވެ އިޒްރޭލުގެ ނުރައްކަލުން ސީރިޔާ އަށް ވެސް ނަޞްރު ލިބުން އޮތީ ، މުސްލިމުން އެއްބައެއް ގޮތުގައި ވަކި ވަކި ނުވެ ތިބެގެނެވެ.

ސީރިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސޫރިޔާ ސިފައިން ލުބްނާނަށް ނުވަންނާނެ: ރައީސް އަލްޝަރާ

ހިޒްބުﷲ އާ ދެކޮޅަށް ސޫރިޔާ ސިފައިން ލުބްނާނަށް ނުވަންނާނެ: އަލްޝަރާ

34 ދުވަސް ކުރިން - 10:13

ސީރިއާގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލުމަށް ކެނެޑާއިން 5 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ސީރިއާގައިވާ ކެމިކަލްހަތިޔާރުތައް ނައްތާލުމަށް ކެނެޑާއިން 5މިލިއަން ޑޮލަރުދީފި

94 ދުވަސް ކުރިން - 07:55

އެމެރިކާ އިން ހިފި ސީރިއާގެ ހުރިހާ ތަނެއް އަނބުރާ ސީރިއާގެ ސަރުކާރުން ހޯދައިފި

އެމެރިކާއިން ހިފި ސީރިއާގެ ބިންތައް ދިމިޝްޤުން ހޯދައިފި

99 ދުވަސް ކުރިން - 08:28

ޢަރަބީންގެ ވައިގެ ސަރަޙައްދު ހުޅުވަން ފަށައިފި

ޢަރަބީންގެ ވައިގެ ސަރަޙައްދު ހުޅުވަން ފަށައިފި

108 ދުވަސް ކުރިން - 11:02

ޓްރަމްޕް ސަރުކާރުން ސޫރިޔާގެ ރައްޔިތުންނަށް ދީފައިވާ ހިމާޔަތް ނިމުމަކަށް ގެނައުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

ސޫރިޔާގެ ރައްޔިތުންނަށް ދީފައިވާ ހިމާޔަތް ނިމުމަކަށް ގެންނަނީ

149 ދުވަސް ކުރިން - 05:08

އިސްރާއީލުން މެދުއިރުމަތި އެއްކޮށް ހިފިއްޔާ ރަނގަޅީ- އެމެރިކާގެ ސަފީރު

ރަނގަޅީ އިސްރާއީލުން މުޅި މެދުއިރުމަތި ހިފީމަ: އެމެރިކާ

154 ދުވަސް ކުރިން - 10:57