ކެނެޑާގެ 3300 އަށްވުރެ ގިނަ ސަރަޙައްދުގައި އަލިފާން ރޯވިއިރު ދެމީހުން މަރުވެ 40,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި. އެމެރިކާގެ ނުވަމިލިއަން މީހުނަށް އަސަރުކޮށްފި.
442 ދުވަސް ކުރިން - 20:00
ބަޣާވާތެއް ގެންނަން އުޅުނު މައްސަލާގައި ދަޢުވާ އުފުލާފައިވާ ބުރެޒިލްގެ ކުރީގެ ރައީސް ހައްޔަރުކޮށް މުއްދަތެއް ނެތް ގޮތަށް ގޭގައި ބަންދުކޮށްފި.
442 ދުވަސް ކުރިން - 14:15
އިރުދެކުނަށް 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް މިއަދު އައިސްފި. މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ.
442 ދުވަސް ކުރިން - 13:30
އިސްރާއީލުގެ ކުންފުނިތައް ބޮއިކޮޓްކުރާ އެމެރިކާގެ ސްޓޭޓް ތަކާއި ސިޓީތަކަށް ބައެއް ކަހަލަ އެހީ ދިނުން ހުއްޓާލާނެ ކަމަށް ބުނެ ޓްރަމްޕް އިންޒާރު ދެއްވައިފި.
442 ދުވަސް ކުރިން - 11:34
ޣައްޒާގެ ޤަތުލުޢާންމާއި ގުޅިގެން ނަތަންޔާހޫ އާއި ޚިޔާލު ތަފާތުވެފައިވާ އޭނާގެ އެޓާނީ ޖެނެރަލް އެ މަޤާމުން ދުރުކުރަން ނިންމައިފި. ދެން އެ މަޤާމަށް ލާނީ ނުލަފާ މޯޝޭ
442 ދުވަސް ކުރިން - 11:00
އަލްމަވާސީ އާއި އުތުރު ޣައްޒާގެ 40 އަށްވުރެ ގިނަ ކުދިންނަށް މިރޭ ކާނާ ވިހަވެގެން ފުރާނައަށް ނުރައްކާވެފައި ވާތީ ފަރުވާ ދޭން ފަށައިފި.
443 ދުވަސް ކުރިން - 02:19
ޣައްޒާ ހިފުމަށް ސިގައިންނަށް ނަތަންޔާހޫ ރަސްމީކޮށް އަންގައިފި ކަމަށާއި މި ހަފްތާގައި މިކަމާއި ގުޅޭ ކެބިނެޓްގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާގެ އެހީތެރިން ބުނެފި.
443 ދުވަސް ކުރިން - 00:08
އިސްރާއީލުގެ ސިފައިން ހިބްރޫންގެ ފިހާރަތަކާއި މަގުތައް ބަންދުކޮށް، ޔަހޫދީންގެ ޢާއިލާތައް އެ ސަރަޙައްދުގައި އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށައިފި.
443 ދުވަސް ކުރިން - 15:21
މިނިކާ ލެޕަޑެއް އައިސް އިސްރާއީލުގެ ޔަހޫދީއެއްގެ ކަރަށާއި މެޔަށް ޙަމަލާދީ އޭނާ މަރާލައިފި.
443 ދުވަސް ކުރިން - 08:57
އިސްރާއީލުގެ ހަތިޔާރު އެޅި ސިފައިންގެ އެހީއާއި އެކު ޔަހޫދީންގެ 1250 އަށްވުރެ ގިނަ މީހުން މަސްޖިދުލް އަޤްޞާ އަށް ވަދެ އަޑުގަދަކޮށް ލަވަކިޔައި ޑާންސުކޮށް ނަށައިފި.
444 ދުވަސް ކުރިން - 16:30
ޢައްޒާ އަށް އެހީ ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާ، ސްޕެއިން އަދި އެނޫންވެސް ހުޅަނގު ގެ ބައެއް ޤައުމުތަކުން ވައިގެމަގުން ކުނިވެފައިވާ ކާއެއްޗެހި އަޅާ.
444 ދުވަސް ކުރިން - 14:24
ޙަމާސް އާއި އިސްލާމިކް ޖިހާދަށް ތާޢީދުކުރާ ފަރާތްތަކަށް ބައިވެރި ނުވެވޭގޮތަށް މިއަހަރު ފަލަސްޠީނުގައި އިންތިޚާބެއް ބޭއްވުމަށް އިޢުލާންކޮށްފި. ހަތިޔާރު ހުންނާނީ އެ ދައުލަތުގެ ސިފައިންގެ އަތުގައި އެކަނި.
444 ދުވަސް ކުރިން - 13:51