މިނިކާ ޖަނަވާރެއް އައިސް އިސްރާއީލުގެ ޔަހޫދީއަކަށް ހަމަލާދީ މަރާލައިފި

ޢަބްދުﷲ ޖުނައިދު | 75 ދުވަސް ކުރިން - 4 އޯގަސްޓް 2025 08:57
ލެޕަޑް ޙަމަލާ ދިނީ ޔަހޫދީ ޒުވާނާގެ ކަރަށާއި މެޔަށް.
ލެޕަޑް ޙަމަލާ ދިނީ ޔަހޫދީ ޒުވާނާގެ ކަރަށާއި މެޔަށް.
ޚުލާސާ

މިނިކާ ލެޕަޑެއް އައިސް އިސްރާއީލުގެ ޔަހޫދީއެއްގެ ކަރަށާއި މެޔަށް ޙަމަލާދީ އޭނާ މަރާލައިފި.

އިސްރާއީލުގެ ސިފައިން ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން ދިރިތިއްބައި ވަޅުލައި، ޝަހީދުކޮށް، އަދި އަލިފާނަށް ލަމުންދާއިރު، އިސްރާއީލުގެ ޔަހޫދީ ރައްޔިތަކަށް މިނިކާ ޖަނަވަރެއް އައިސް ޙަމަލާދީ، އެ ޔަހޫދީ މީހާ މަރާލައިފިއެވެ.

އިސްރައީލުގެ ޖެރޫސެލަމްގައި މި ހާދިސާ ހިނގީ މީގެ 3 ދުވަސް ކުރިންނެވެ. އެއީ ޖެރޫސަލަމް ބިބްލިކަލް ޒޫގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ މީހާ އަށް ލެޕަޑް ޙަމަލާ ދިނީ ކޮށީގައި ހުޅުވިފައިވާ ދޮރަކުން ނުކުމެގެން، ވަރަށް ބާރަށް ދުވެފައި ގޮސް އޭނާގެ ކަރަށާއި މެޔަށް ޙަމަލާ ދީގެންނެވެ. 26 އަހަރުގެ އިސްރާއީލުގެ ޒުވާނާގެ ގައިގައި އެ ލެޕަޑް ދަތް އެޅިއެޅީނުން ކަރުގެ އެއްބައި ކާލާފައިވާ ކަމަށާއި، މަރުވާން ދިމާވީ ކަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ.

ޖެރޫސެލަމް ޒުލުން ނެރުނު ބަޔާނެއްގައި ބުނީ މިއީ މިފަދަ ހާދިސާ އެއް ހިނގި ފުރަތަމަ ފަހަރު ކަމަށާއި، އެ ޖަނަވާރު އިސްރާއީލުގެ ޒުވާނާ އަށް ޙަމަލާ ދިން ގޮތުގެ ފުރިހަމަ ތަހުޤީޤެއް ފުލުހުން ހިންގަމުން ދާތީވެ، ސަލާމަތީ ސަބަބުތަކަށްޓަކައި ވަގުތީ ގޮތުން ޒޫ ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

މުސްލިމުންގެ އެތައް ހާސް ބަޔަކު އެކި ދުވަސްވަރުމަތީން ޝަހީދުކޮށްލައި، ތަޅައި ބޭރުކުރުމަށްފަހު ޖެރޫސެލަމްގައި މިހާރު ބާރު ހިންގަނީ ޔަހޫދީންނެވެ. ލެޕަޑު “ކައިލި” މި ޒުވާނާ އަކީ މުސްލިމުންގެ މައްޗަށް ޖެރޫސެލަމްގައި ބާރު ހިންގާ ޔަހޫދީންގެ ތެރެއިން އެކަކެވެ.

މި ޔަހޫދީ ޒައެނިސްޓުންތައް މިހާރު ގެންދަނީ ޣައްޒާގެ މުޅި ނަސްލު އެކީއެކަށް ނައްތާލުމަށްޓަކައި ބޮޑު ޤަތުލުޢާންމެއް ހިންގަމުންނެވެ. ޙަމާސް އިން ބުނާ ގޮތުގައި ޔަހޫދީން ވަނީ ޣައްޒާގެ ލައްކަ އަކަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%