އިސްރާއީލުގެ ކުންފުނިތައް ބޮއިކޮޓްކުރާ އެމެރިކާގެ ސްޓޭޓް ތަކާއި ސިޓީތަކަށް ކުއްލި ޙާލަތްތަކުގައި ދެމުންދާ ފައިސާގެ އެހީ އާއި، ޓެރަރިޒަމާއި ދެކޮޅަށް ދެމުންދާ އެހީތައްވެސް ނުލިބޭނެ ކަމަށާއި، ފެމާގެ ޑިޒާސްޓަރ ޕްރިޕެއަރނެސް ފަންޑުން މަދުވެގެން 1.9 ބިލިއަން ޑޮލަރުގެ ފައިސާ ހުއްޓުވާނެ ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ

އޭނާ ވިދާޅުވީ އެ ފައިސާ ލިބޭނީ ހަމައެކަނި އިސްރާއީލާއި އެކު ވިޔަފާރީގެ ގުޅުން ބާއްވާ ފަރާތްތަކަށް އެކަނި ކަމަށާއި، އެ ފައިސާ ލިބޭ ފަރާތްތަކުން އިސްރާއީލުގެ ކުންފުނިތަކާއި އެކު ޚާއްޞަކޮށް ވިޔަފާރީގެ ގުޅުން ދެމެހެއްޓޭނެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން އާންމުންނާއި ސިޔާސީ ގޮތުން ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން މިހާރު ގެންދަނީ އެ ވާހަކަތަކުގެ ކޯސް އަނބުރާލުމަށް މަސައްކަތް ކުރަމުންނެވެ.