އީރާނަށް ބިންހެލުމެއް އައިސްފި!

ހުސައިން އިސްމާއިލް | 11 ދުވަސް ކުރިން - 5 އޯގަސްޓް 2025 13:30
އީރާނަށް ބިންހެލުމެއް އައިސްފި.
އީރާނަށް ބިންހެލުމެއް އައިސްފި.
ޚުލާސާ

އިރުދެކުނަށް 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް މިއަދު އައިސްފި. މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ.

މިއަދު ހެނދުނު އީރާނަށް ބިންހެލުމެއް އައިސްފިއެވެ.

އީރާނުގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ބުނާ ގޮތުގައި އެ ޤައުމުގެ އިރުދެކުނަށް 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބިންހެލުން އައީ ކެރްމަން ޕްރޮވިންސްގެ ބާމްގެ ދެކުނުން ގާތްގަނޑަކަށް 139 ކިލޯމީޓަރު ދުރުންނެވެ.

އީރާނުން ބުނީ މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި ޢިމާރާތަކަށް ވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށެވެ.

އީރާނަކީ ބިންހެލުން ޢާންމުކޮށް އަންނަ ސަރަޙައްދެއްގައި އޮންނަ ޤައުމެކެވެ. ފާއިތުވި އަހަރުތަކުގައި އީރާނަށް ވަނީ ގިނަ ބިންހެލުންތަކެއް އައިސްފައެވެ. ފަހުގެ ތާރީޚުގައި މިފަދަ އެންމެ ބޮޑު ކާރިސާއެއް ހިނގާފައިވަނީ 2013 ވަނަ އަހަރުއެވެ. އެ ފަހަރު 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް ބާމް ސިޓީއަށް އައިސް މަދުވެގެން 34،000 މީހުން މަރުވެފައިވެއެވެ.

ޖުލައި 2022 ގައި ޕާޝިއަން ގަލްފްގެ އައްސޭރިފަށުގައި އޮންނަ ދެކުނު ޕްރޮވިންސް ހޯރމޮޒްގަން އަށް ވެސް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައެވެ. އެ ފަހަރު މަދުވެގެން ފަސް މީހުން މަރުވެ 80 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%