އިސްރާއީލުން ޣައްޒާ ހިފުމަށް ނިންމައިފި ކަމަށް ނަތަންޔާހޫގެ އެހީތެރިޔާއާ ހަވާލާދީ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސް އެހީތެރިއަކާއި ޙަވާލާދީ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެތައް ޒަމާނެއް ވަންދެން ޙަމާސްއާ އެކު ކުރަމުންދާ ހަނގުރާމަ އަށް ނިމުމެއް ގެނައުމުގެ މަސައްކަތުގައި އިސްރާއީލުން ވަނީ މުޅި ޣައްޒާ އެކީއެކަށް ހިފުމަށް ރަސްމީކޮށް ނިންމާފައެވެ.
ޗެނަލް 12 އާއި އެހެން މީޑިއާތަކުން ބުނާ ގޮތުގައި މި ނިންމުން ސީދާ އިސްރާއީލުގެ ސަލާމަތީ އިސް އޮފިޝަލުންނަށް އަންގާފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި ނަތަންޔާހޫ ވަނީ އައިޑީއެފްގެ ޗީފް އޮފް ސްޓާފް އަށް މި ޕްލޭނަށް ތަބާވާން ޖެހޭ ކަމަށް އަމުރު ކޮށްފައެވެ..
ޚަބަރުތައް ބުނާ ގޮތުގައި ޣައްޒާ ހިފުމަށްޓަކައި ނަތަންޔާހޫ މި ހަފްތާ ތެރޭގައި ކެބިނެޓްގެ ބައްދަލުވުމެއް ބާއްވާނެއެވެ.
އިސްރާއީލުން ޣައްޒާ ހިފާނެ ކަމަށް އެ ޤައުމުގެ ޗެނަލް ތަކުން ބުނުމާއެކު ކުރީގެ އަސްކަރީ އަދި ޖާސޫސީ އިދާރާގެ އިސް އޮފިޝަލުން ވަނީ މިއީ ބޮޑު ފިތުނައެއް ކުރިމަތިވާނެ ކަމެއް ކަމަށާއި، ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމަށް ޙަމާސް އަށް ގޮވާލާފައެވެ.
ޣައްޒާ ހިފުމަށް ނަތަންޔާހޫ އަންގައިފި ކަމަށް އޭނާގެ އެހީތެރިން ކަށަވަރުކޮށްދީފައި ވާއިރު، ސީދާ ނަތަންޔާހޫގެ ދުލުން އަދި ރަސްމީކޮށް މިކަން ޢާންމުކޮށް އިއުލާނެއް ނުކުރެއެވެ.