Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްޖިދުލް އަޤްޞާއަށް 1250 އަށްވުރެ ގިނަ ޔަހޫދީން ވަދެ ލަވަ ކިޔައި ޑާންސް ކޮށްފި

މަސްޖިދުލް އަޤްޞާއަށް 1250 އަށްވުރެ ގިނަ ޔަހޫދީން ވަދެ ލަވަ ކިޔައި ޑާންސް ކޮށްފި

ޢަބްދުﷲ ޖުނައިދު
356 ދުވަސް ކުރިން - 3 އޯގަސްޓް 2025 16:30
ކުއްލި ޚަބަރު: މަސްޖިދުލްއަޤްޞާއަށް 1250 އަށްވުރެގިނަ ޔަހޫދީން ވަދެ ޑާންސުކޮށްފި
ކުއްލި ޚަބަރު: މަސްޖިދުލްއަޤްޞާއަށް 1250 އަށްވުރެގިނަ ޔަހޫދީން ވަދެ ޑާންސުކޮށްފި
ޚުލާސާ

އިސްރާއީލުގެ ހަތިޔާރު އެޅި ސިފައިންގެ އެހީއާއި އެކު ޔަހޫދީންގެ 1250 އަށްވުރެ ގިނަ މީހުން މަސްޖިދުލް އަޤްޞާ އަށް ވަދެ އަޑުގަދަކޮށް ލަވަކިޔައި ޑާންސުކޮށް ނަށައިފި.

މުސްލިމުންގެ އެންމެ މާތް މުޤައްދަސް ތިންވަނަ މިސްކިތް ކަމަށްވާ މާތްވެގެންވާ މަސްޖިދުލް އަޤްޞާ އަށް ޔަހޫދީންގެ 1250 އަށް ވުރެ ގިނަ ކާފަރުން މިއަދު ވަދެ، ލަވަ ކިޔައި ނަށައި ޑަންސުކޮށް ހަދައިފިއެވެ.

ހައްދުފަހަނަ އެޅި އިސްރާއީލުގެ ކަނާތުފިޔައިގެ ޤައުމީ ސަލާމަތާއި ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރު އިސްކޮށް ހުރެ މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑައިލުމަށްފަހު ބުނީ، އެމީހުން މިސްކިތަށް ވަނީ ނަމާދު ކުރުމަށް ކަމަށާއި އަދި ޙަމާސް ބަލިވުމުން އެކަމުގެ އުފާ ފާޅުކުރުމަށެވެ.

މަސްޖިދުލް އަޤްޞާގައި ޔަހޫދީންނަށް ނަމާދު ކުރުމާއި ކާފަރުންގެ ދީނީ ކަންކަން ކުރުމަށް އޮންނަނީ މަނާ ކޮށްފައެވެ. އޭނާ ބުނީ އެ ގޮތަށް މުސްލިމުންނަކަށް ޔަހޫދީންގެ ދީނީ އަޅުކަން ކުރުމަށް މަނާ ކުރެވިގެން ނުވާނެ ކަމަށެވެ.

Advertisement

Advertisement 1

ޤުދުސްގެ އިސްލާމީ ވަޤްފުން ކަށަވަރުކޮށްދިން ގޮތުގައި ޔަހޫދީން މިއަދު އަޤްޞަ އަށް ވަދެގަތީ އިސްރާއީލުގެ ޒައެނިސްޓު ހަތިޔާރު އެޅި ސިފައިންގެ އެހީތެރިކަމާއެކު ފުލް ސެކިއުރިޓީގައެވެ.

ނުލަފާ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ބުނީ ޔަހޫދީންނަށް އަޤްޞާ މިސްކިތުގެ ގޯތިތެރޭގައިވާ ޓެމްޕަލް މައުންޓަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ.

މިއީ ބެލެވޭ ގޮތުގައި “ޑޯމް އޮފް ދަ ރޮކް” ހުންނަ ތަނެވެ. މިތަނަކީ ޔަހޫދީންގެ ފުރަތަމަ ފައްޅި ހުރި ތަން ކަމަށް އެ މީހުން ޤަބޫލުކުރެއެވެ. މިއީ ޔަހޫދީ ދީނުގައި އެންމެ މާތް ތަނެވެ. ޔަހޫދީންނަށް އެތަނަށް ޒިޔާރަތް ކުރެވޭނެ ކަމަށާއި ނަމަވެސް، މުސްލިމުންނާއި މެދު އަރައިރުންވެ ތަޅާފޮޅަން ޖެހިދާނެތީވެ އިސްރާއީލު ސަރުކާރުން އަންގާފައިވަނީ އެތަނުގައި ޔަހޫދީން ނަމާދު ނުކުރުމަށެވެ. ނަމަވެސް ޔަހޫދީންގެ ގިނަ ޖަމާއަތްތަކުން ބުނަނީ އެ ތަނުގައި ނަމާދު ކުރުމަކީ ޔަހޫދީންގެ ދީނީ ވާޖިބެއް ކަމަށާއި، އެތަނުގައި ނަމާދު ކުރުމުގެ ހައްގު ހޯދައި ދިނުމަށެވެ.

މަސްޖިދް އަލް އަގްސާއިސްރާއީލް
Advertisement
Advertisement

5 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

4 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

12 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

16 ދުވަސް ކުރިން - 13:08