
ކާނާ ވިހަވި ކުޑަކުދިންނަށް މިރޭ ޣައްޒާގައި ފަރުވާ ދިނުމަށް އެމްބިއުލާންސުގައި ގެންދަނީ….
ޣައްޒާގެ 40 އަށް ވުރެ ގިނަ ޢަދަދެއްގެ ކުދިންނަށް ކާނާ ވިހަވެގެން ފަރުވާ ދޭން ފަށައިފިއެވެ.
ޚަބަރު ލިބޭ ގޮތުގައި ޣައްޒާގެ އުތުރުގެ ބައިތު ލާހިއާގެ ވަގުތީ ހިޔާތަކުގައި ތިބި ކުދިންނަށް އިސްރާއީލުގެ ބެލުމުގެ ދަށުން ފޯރުކޮށްދީފައި ވަނީ ވިހަވެފައިވާ ކާއެއްޗިއްސެވެ. އޭގެތެރޭގައި މުއްދަތު ހަމަވެފައިވާ ކާނާ ވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.
ސީރިއަސް ޙާލަތުގައި 40 އަށް ވުރެ ގިނަ ކުދިން ތިބިއިރު އެ ކުދިން ކުއްލިޔަކަށް ވަރަށް ގަދަޔަށް ހުން އައިސް ހޮޑުލަމުންދާ ކަމަށާއި އެ ކުދިންގެ ދިފާޢީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެ، ބައެއް ކުދިން މަރާއި ހަނގުރާމަކުރަމުންދާ ކަމަށް ވެސް ޚަބަރު ލިބެއެވެ.









