ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ވެސް ސިޓީން. ހާލަންޑު އޭނާގެ 100ވަނަ ލަނޑު 9ވަނަ މިނެޓުގައި ޖެހިޔަސް އޭގެ ފަހުން އާސެނަލް ވަނީ ދެގޯލު ޖަހާފަ. އާސެނަލްއަށް ޕްރެޝަރާއި ކުރިމަތިލާން ޖެހުނީ ރަތްކާޑުގެ ސަބަބުން 10 ކުޅުންތެރިންނަށް ބަދަލުވީމަ. ސިޓީން ވަނީ މެޗު ނިމެނިކޮށް އެއްވަރުކޮށްފަ
761 ދުވަސް ކުރިން - 13:01
ބަންގްލަދޭޝުން ފުރަތަމަ ގޯލު ޖަހާފައި ވަނިކޮށް މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް ރާއްޖެއިން ގޯލެއް ޖަހައި އެއްވަރުކުރީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން . އެހެންކަމުން ދެން އޮތް ފަހު މެޗުގައި އިންޑިއާ އާއި ކުޅެ އެއްވަރު ވިޔަސް ރާއްޖެ ސެމީއަށް ދާނެ
761 ދުވަސް ކުރިން - 23:58
މެންޗެސްޓާ ސިޓީއަށް މާލީ ގޮތުން ގަވާއިދާ ހިލާފުވުމުގެ އަޑުއެހުންތަކެއް ކުރިމަތިވެފައިވާއިރު، އެކަމުގެ ސަބަބުން ޕޮއިންޓް އުނިވުން ނުވަތަ ރެލިގޭޓްވުމުގެ ފުރުސަތު އެބައޮތް. ދައުވާއާ ދެކޮޅަށް ސިޓީން ހަނގުރާމަ ކުރަމުންދާއިރު ގާޑިއޯލާ ބުނީ ގިނަ ބަޔަކު ބޭނުންވަނީ ކްލަބުގެ ނަން ފޮހެލުމަށް
762 ދުވަސް ކުރިން - 12:59
މެޗުގެ ފުރަތަމަ ހާފު ނިމުނީ މޮޅަށް ކުޅުނު ރިއަލް އަށް ގޯލެއް ނުޖެހި. ދެވަނަ ހާފުގައި ރިއަލްގެ ކީޕަރު އަތުން ބައިކޮލަށް ވަން ގޯލަށްފަހު ރިއާލުން ވަނީ އެސްޕެންޔޯލް ކޮޅަށް 4 ގޯލު ޖަހައިފަ
762 ދުވަސް ކުރިން - 12:42
ކޭން ވަނީ 36 މެޗުން 41 ގޯލު ޖަހާފައި. މި ރިކޯޑު ކުރިން އޮތް ސަންޗޯ ޖަހާފައި ވަނީ 40 ގޯލު. އެއީ 118 މެޗުން.
762 ދުވަސް ކުރިން - 10:44
ރޭ އެއްވަރުވުމުން ނަޕޯލީ މޮޅުވަމުން އައި އައުން ނިމުމަކަށް އައިއިރު، ޖެހިޖެހިގެން ތިން މެޗުން ޔުވެންތަސް އަށް ގޯލެއް ނުޖެހި އެއްވަރުވީ. މިއާއެކު ދެޓީމަށް ވެސް އެއްވަނައަށް ނުދެވުނުއިރު، ފަސް މެޗުން ނަޕޯލީއަށް ދިހަ ޕޮއިންޓް ލިބި އެޓީމު އޮތީ ތިން ވަނައިގަ. ޔުވެންޓަސް އޮތީ އެއާއި ޖެހިގެން ހަތަރުވަނައިގަ ނުވަ ޕޮއިންޓާއެކު
762 ދުވަސް ކުރިން - 10:44
ކުޅިވަރުގެ އެކި ރޮނގުތަކުން މީހުން ތަމްރީނު ކުރުމަށް އިންޑިއާއަށް ފޮނުވުމާ ގުޅޭގޮތުން ކުޅިވަރު ވަޒީރާއި އިންޑިއާ ސަފީރު މަޝްވަރާކޮށްފި. އެތުލެޓިކްސްއާއި ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތަކުގެ އެތުލީޓުން ދިގު މުއްދަތަށް އިންޑިއާގައި ތަމްރީނުކުރުމަށް ވަނީ މަޝްވަރާކުރެވިފަ.
762 ދުވަސް ކުރިން - 20:22
އޭ.އެފް.ސީ ކަޕް ކޮލިފަޔާރސްގައި ބައިވެރިވުމަށް ރާއްޖޭގެ އަންޑަރ 20 ޓީމު މިއަދު އިންޑޮނޭޝިއާއަށް ފުރައިފި. ފުރަތަމަ މެޗު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭނީ އިންޑޮނޭޝިއާ، ޔަމަން އަދި ޓިމޯރ ލެސްޓެއާ އެކު.
762 ދުވަސް ކުރިން - 20:07
މިހާރު އުމުރުން 39 އަހަރުގެ ދަގަނޑޭ މި އޮޕަރޭޝަން ކޮށްފައިވަނީ ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަން ނުކޮށް ފަސް އަހަރެއްހާ ދުވަސް ވުމަށްފަހު. ދަގަނޑޭގެ ކަކުލަށް އެންމެ ފަހުން އަނިޔާވީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގަ.
763 ދުވަސް ކުރިން - 14:42
ބާސާ ބަލިވން ޖެހުނު އެންމެ ބޮޑު އަސްލަކީ މެޗުގެ 10 ވަނަ މިނެޓުގައި އެޓީމުގެ ގާސިއާއަށް ދެއްކި ރަތްކާޑު. މެޗުގެ ބޮޑު ބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުމުގެ ނަތީޖާއަކީ މޮނާކޯ އޭގެ އެޑްވާންޓޭޖް ނެގުން. މެޗުން މޮނާކޯ މޮޅުވީ 2 ލަނޑު 1 ލަނޑުން. ނައިޖީރިއާގެ ފޯވާޑް ޖޯޖް އިލެނިކޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ
764 ދުވަސް ކުރިން - 14:05
މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އިމެނުއެލް ތޯމަސްގެ ދައުރު ފުލުހުން ހާމައެއް ނުކުރޭ. މިތަކެއްޗަކީ ބެންކޮކުން އިނގިރޭސީވިލާތަށް ދިޔަ ދެ ލަގެޖުގައި ފޮރުވާފައިހުރި ކެނަބިސް. އޭނާ މިހާރު ވަނީ މައްސަލައިގެ ތަހުގީގަށް ހައްޔަރު ކޮށްފައި
764 ދުވަސް ކުރިން - 13:26
ޗެމްޕިއަންސް ލީގުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗު ވީ 0-0 އިން އެއްވަރު. އެޓަލާންޓާއާއި ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލް ސަލާމަތްކޮށްދިނީ ކީޕަރު ރަޔާ. އޭނާ ވަނީ އެޓަލާންޓާގެ ޕެނަލްޓީ ދިފާއުކޮށް ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފަ
764 ދުވަސް ކުރިން - 09:47