ރޭ ސްޓޭޑިއޯ އެތުލެޓީ އަޒުރީ ޑި އިޓާލިއާގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް އަށް ޕޮއިންޓެއް ލިބުނީ ކިރިޔަކިރިޔާއެވެ. ރޭގެ މެޗުގައި އެންމެ ފާހަގަ ކޮށްލެވުނީ މެޗުގެ މޮޅު ކުޅުމެއް ދެއްކި، 2023 ވަނަ އަހަރު ބްރެންޓްފޯޑުން ލޯނު އެއްބަސްވުމުގައި އާސެނަލްއާއި ގުޅުނު ކީޕަރު ރަޔާއެވެ.
0-0 އިން އެއްވަރުވި މެޗުގައި ރަޔާ ވަނީ އެޓްލާންޓާގެ މަޓިއޯ ރެޓެގޫގެ ޕެނަލްޓީ މަތަކޮށް ޓީމު ސަލާމަތް ކޮށްދީފައެވެ. އަދި އޭގެފަހުން ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސް ދިފާއުކޮށްފައިކަން ފާހަގަ ކުރެވެއެވެ.
މިކެލް އާޓެޓާގެ ޓީމަށް ލިބުނު ފުރުސަތުތައް ގޯލަކަށް ބަދަލުކޮށްލން އުނދަގޫތަކެއް ކުރިމަތިވިއެވެ. ލިބުނު ހިލޭ ޖެހުމަކުން ބުކާޔޯ ސާކާ ފޮނުވާލި ބޯޅަ ގެބްރިއަލް މާޓިނެލީ އަށް ގޯލަކަށް ހަދައި ނުލެވުނުއިރު ސްޓާލިން އަށް ވެސް ފުރުސަތު ލިބި ޓީމަށް 3 ޕޮއިންޓު ކަށަވަރުކޮށެއް ނުދެވުނެވެ.
ލަނޑު ޖަހަން ދެ ޓީމަށް ވެސް މުހިއްމު ވަގުތުތަކެއް ލިބުނެވެ.









