ބުންޑަސްލީގާގެ ލަނޑު ޖެހުމުގެ ރެކޯޑެއް ކޭން އަށް

އުސްތާޛް މުޙައްމަދު ޢަލީ | 392 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2024 10:44
ޚުލާސާ

ކޭން ވަނީ 36 މެޗުން 41 ގޯލު ޖަހާފައި. މި ރިކޯޑު ކުރިން އޮތް ސަންޗޯ ޖަހާފައި ވަނީ 40 ގޯލު. އެއީ 118 މެޗުން.

ބުންޑަސްލީގާގެ ތާރީހުގައި އިނގިރޭސި ކުޅުންތެރިޔަކަށް އެންމެ ގިނަ ގޯލު ޖެހި ރެކޯޑު އިންގްލެންޑުގެ ގައުމީ ކެޕްޓަން ހެރީ ކޭން ހޯދައިފިއެވެ.

ކުރިން މި ރެކޯޑު އޮތީ 40 ގޯލު ޖެހި ޖޭޑަން ސަންޗޯގެ އަތުގައެވެ.

ވޭޑާ ބްރޭމަން އަތުން 5-0 އިން ބަޔާން މޮޅުވި މެޗުގައި ކޭން ވަނީ ދެވަނަ ހާފުގައި ގޯލު ޖަހައި ސަންޗޯގެ ރެކޯޑު މުގުރާލާފައެވެ.

ކޭންގެ ފާހަގަކޮށްލެވޭ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ބަޔާންއިން ޑައިނަމޯ ޒާގްރެބް އަތުން 9-2 އިން މޮޅުވި މެޗުގައި ހަތަރު ގޯލު ޖެހިއެވެ.

ކޭން ، ސަންޗޯގެ ރެކޯޑް މުގުރާލީ އެންމެ 36 މެޗުން ނަމަވެސް، ސަންޗޯ އަށް ބޭނުންވި ބްރޫޝިއާ ޑޯޓްމުންޑުގައި 118 މެޗު ބޭނުންވިކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%