Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހެރީ ކޭން އަށް ފުރަތަމަ ފަހަރަށް ތައްޓެއް ލިބިއްޖެ

ހެރީ ކޭން އަށް ފުރަތަމަ ފަހަރަށް ތައްޓެއް ލިބިއްޖެ

އުސްތާޛް މުޙައްމަދު ޢަލީ
446 ދުވަސް ކުރިން - 5 މެއި 2025 12:08
ހެރީ ކޭން. އޭނާ ތައްޓެއް ހޯދުމަށް ބަލަމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެ.
ހެރީ ކޭން. އޭނާ ތައްޓެއް ހޯދުމަށް ބަލަމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެ.
ޚުލާސާ

އިނގިރޭސި ޤައުމީ ޓީމުގެ ކެޕްޓަން އަދި އިނގިރޭސި ޤައުމީ ޓީމުގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކޭން އަށް ފުރަތަމަ ޗެންޕިއަން ތަށި ލިބިއްޖެ.

ޖަތުމަނުގެ ކުލަބު ބަޔާން މިއުނިކް އިން އިނގިރޭސި ސްޓްރައިކަރ ހެރީ ކޭން އަށް ފުރަތަމަ ފަހަރަށް ޗެންޕިއަން ތައްޓެއް ހޯދައިދީފިއެވެ. ބުންޑެސްލީގާގެ މިފަހަރުގެ ޗެމްޕިއަންކަން ބަޔާން މިއުނިކް އަށް ކަށަވަރުވުމާއެކު، ކޭން އަށް ވެސް އޭނާގެ ކެރިއަރުގެ ފުރަތަމަ ތަށި ލިބުނީއެވެ.

31 އަހަރުގެ ކޭން ބަޔަން މިއުނިކް އާއި ގުޅުނީ މިދިޔަ އޯގަސްޓް މަހުއެވެ. އޭރު އޭނާ ޓޮޓެންހަމް ހޮޓްސްޕަރ އިން ބަޔަން މިއުނިކް އަށް ބަދަލުވީ 100 މިލިއަން ޔޫރޯ (86.4 މިލިއަން ޕައުންޑް) އަށެވެ. އެއީ ބުންޑެސްލީގާގެ ތާރީޚުގައި އެންމެ ބޮޑު އަގެއްގައި ކުޅުންތެރިއަކު ގަތް ޑީލް އެވެ.

Advertisement

Advertisement 1

ބަޔާންމިއުނިކްގެ މެޗެއްގެތެރެއިން. ކޭން ވަނީ މިއުނިކްގައި 36 ގޯލް ޖަހާފަ.

ކޭން ވަނީ މި މޫސުމުގައި ބުންޑެސްލީގާގައި 24 ގޯލު ޖަހައި، ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދާފައެވެ. ހުރިހާ މުބާރާތްތަކެއް އެކުގައި ބަލާއިރު، އޭނާ ވަނީ 36 ގޯލު ޖަހާފައެވެ.

ކޭން ގެ މި ކާމިޔާބީ އާ ގުޅިގެން، އޭނާގެ ކުރީގެ ކޯޗު އަދި ބަޔަން މިއުނިކް ގެ ކުރީގެ ސްޓްރައިކަރު ޖާގަން ކްލިންސްމަން ވަނީ ބުނެފައެވެ. "އަހަރެން ވަރަށް އުފާވޭ… އޭނާއަށް ޗެމްޕިއަންކަން ހައްގު… ފާއިތުވި 10 އަހަރު ތެރޭގައި އޭނާ ވަނީ އެކަން ސާބިތުކޮށްދީފައި."

އަލަށް ތަށި ލިބުމުން އެކަމުގެ އުފަލުގައި ކޭން ކޮށްފައިވާ ސޯޝަލްމީޑިއާ ޕޯސްޓެއް.

ކޭން އަކީ އިނގިރޭސި ޤައުމީ ޓީމުގެ ކެޕްޓަން އެވެ. އަދި އިނގިރޭސި ޤައުމީ ޓީމުގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ އަށް އެއްވެސް ތައްޓެއް މިނޫނީ ނުލިބެއެވެ.

ތާރީހަށް ބަލާއިރު އިނގިރޭސި ޤައުމީ ޓީމާއެކު ޔޫރޯ 2020 ގެ ފައިނަލްގައި ބަލިވެފައިވާއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވެސް ބަލިވެފައިވެއެވެ.

ބަޔަން މިއުނިކް ގެ ޗެއަރމަން އުލި ހޯނެސް ވެސް ވަނީ ކޭން އަށް ތަޢުރީފުކޮށްފައެވެ.

މި މަޤާމާއެކު، ކޭން އަށް ވަނީ އޭނާގެ ކެރިއަރުގައި އެތައް އަހަރެއް ވަންދެން ދިމާވެފައިވާ ފާޑުކިޔުންތަކަކަށް ޖަވާބު ދެވިފައެވެ.

ބެޔާން މިއުނިކްއިންގްލެންޑްބުންޑަސްލީގާޖަރުމަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑްކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް ޕެނަލްޓީގައި ޖަރުމަނު ބަލިވެ ކަޓައިފި

ވޯލްޑްކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް ޕެނަލްޓީގައި ޖަރުމަނު ބަލިވެ ކަޓައިފި

26 ދުވަސް ކުރިން - 04:43

އުންޑާވްގެ ލަނޑުތަކާއެކު އައިވަރީ ކޯސްޓް ބަލިކޮށް ޖަރުމަނު ދެވަނަ ބުރަށް

އުންޑާވްގެ ލަނޑުތަކާއެކު އައިވަރީ ކޯސްޓް ބަލިކޮށް ޖަރުމަނު ދެވަނަ ބުރަށް

35 ދުވަސް ކުރިން - 08:40

ކިއުރަސާއޯއާ 7-1 އިން ބަލިކޮށް ޖަރުމަނުން، ބްރެޒިލްގެ ހިތްދަތި ހަނދާންތައް އާކޮށްފި

7-1 އިން މޮޅުވެ ޖަރުމަނުން ބްރެޒިލްގެ ހިތްދަތި ހަނދާންތައް އާކޮށްފި

41 ދުވަސް ކުރިން - 00:03

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

ވޯލްޑް ކަޕުގައި ލޯތައް އަމާޒުވާނެ އާ 20 ކުޅުންތެރިން

45 ދުވަސް ކުރިން - 07:34

ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ މެދު ޖަރުމަނުން ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި

ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ މެދު ޖަރުމަނުން ކަންބޮޑުވުން ފާޅުކޮށްފި

55 ދުވަސް ކުރިން - 01:39

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

ރެފްރީގެ ފުރިހަމަ އެހީތެރިކަމާއެކު ޕީއެސްޖީ ފައިނަލަށް

80 ދުވަސް ކުރިން - 02:00