Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކިއުރަސާއޯއާ 7-1 އިން ބަލިކޮށް ޖަރުމަނުން، ބްރެޒިލްގެ ހިތްދަތި ހަނދާންތައް އާކޮށްފި

ކިއުރަސާއޯއާ 7-1 އިން ބަލިކޮށް ޖަރުމަނުން، ބްރެޒިލްގެ ހިތްދަތި ހަނދާންތައް އާކޮށްފި

އައިޝަތު އީމާން
65 ދުވަސް ކުރިން - 15 ޖޫން 2026 00:03
ޖަރުމަން ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ---
ޖަރުމަން ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ---
ޚުލާސާ

ފަހުގެ ތާރީހުގައި ބްރެޒިލަށް ލިބުނު އެންމެ ބޮޑު ހިތްދަތި ކަމަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެ ގައުމު ޖަރުމަނު އަތުން 1-7 އިން ބަލިވުން. މިރޭ ޖަރުމަން މިވަނީ ހަމަ އެ ނަތީޖާ ކިއުރަސާއޯ ދެކޮޅަށް ތަކުރާރުކޮށްފައި.

ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުން ކިއުރަސާއޯއާ ދެކޮޅަށް ކުޅުނު މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، މުޅި ދުނިޔެއަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަނދާންތައް އާކޮށްދީފިއެވެ. މި ނަތީޖާއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލްގައި ބްރެޒިލްގެ އަމިއްލަ ފަސްގަނޑުގައި ޖަރުމަނުން އެ ގައުމު ލަދުގަންނަވާލި ނަތީޖާއާ ދާދި އެއްގޮތް ނަތީޖާއެކެވެ.

މެޗުގެ ކުރީކޮޅު ޖަރުމަނުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 6 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ވަނީ ލަނޑެއް ޖަހައި ޖަރުމަނަށް ކުރިހޯދައިދީފައެވެ. ނަމަވެސް، މެޗުގެ 21 ވަނަ މިނެޓުގައި ކިއުރަސާއޯގެ އެލް. ކޮމެނެންސިއާ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރިއެވެ. އެކަމަކު މި އުފާވެރިކަން ކިއުރަސާއޯއަށް ދެމިއޮތީ ކުޑަވަގުތުކޮޅަކަށެވެ.

ޖަރުމަނުގެ ފަރާތުން ފެނިގެންދިޔަ ހަލުވި ކުޅުމާއެކު، ނިކޯ ޝްލޮޓަރބެކް، ކައި ހާވާޓްޒް (ޕެނަލްޓީއަކުން)، ޖަމާލް މުސިއާލާ އަދި ޑެނިޒް އުންޑާވް ވަނީ ލަނޑުތައް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ހާވާޓްޒް ވަނީ އިތުރު ލަނޑެއް ޖަހައި، ސްކޯބޯޑުގައި 7-1 ގެ ތާރީހީ ނަތީޖާ ކުރަހާލަދީފައެވެ.

Advertisement

Advertisement 1

މި ނަތީޖާއާއެކު ސޯޝަލް މީޑިއާގައި ބްރެޒިލްގެ ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ސަމާލުކަމެއް އުފެދިފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ ބްރެޒިލްގެ ސަޕޯޓަރުން ދުވަހަކުވެސް ހަނދާން ނެތޭނެ ނަތީޖާއެއް ނޫން ކަމަށާއި، ޖަރުމަނުން މިވަނީ އަނެއްކާވެސް އެ ހިތްދަތި "ޓްރައުމާ" އާކޮށްދީފައި ކަމަށެވެ. ހާއްސަގޮތެއްގައި ކިއުރަސާއޯ ފަދަ ކުޑަ ޓީމަކުން ލަނޑެއް ޖެހުމުން، ބްރެޒިލްގެ ސަޕޯޓަރުންނަށް މިކަން ވެފައިވަނީ މަލާމާތަކަށެވެ.

ފުޓްބޯޅަ ދުނިޔޭގައި "7-1" މިހާރު ވެފައިވަނީ ޖަރުމަނުގެ "ޓްރޭޑްމާކް" ނަތީޖާއަކަށެވެ. މި މެޗުން ބަލިވި ކިއުރަސާއޯއަށް މިއީ ބޮޑު ނާކާމިޔާބީއެއް ނަމަވެސް، މި ނަތީޖާގެ ސަބަބުން އެންމެ ބޮޑު ތަދެއް އިހުސާސް ކުރަން ޖެހިފައިވަނީ އަދިވެސް 2014 ވަނަ އަހަރުގެ އެ ހަނދާންތަކުން އަރައިނުގަނެވިފައި ތިބި ބްރެޒިލްގެ ސަޕޯޓަރުންނަށެވެ.

ފީފާ ވޯލްޑް ކަޕްޖަރުމަންބްރެޒިލްކިއުރަސާއޯއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޮސް އިސްލާމްދީން ގަބޫލުކޮށްފި

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޮސް އިސްލާމްދީން ގަބޫލުކޮށްފި

6 ގަޑިއިރު ކުރިން - 10:25

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

19 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

30 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

30 ދުވަސް ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

30 ދުވަސް ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

31 ދުވަސް ކުރިން - 13:12