Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެއާއި ދެކޮޅަށް މާދަމާ ފިލިޕީންސްގެ ފޯވާޑަށް ނުކުޅެވޭނެ

ރާއްޖެއާއި ދެކޮޅަށް މާދަމާ ފިލިޕީންސްގެ ފޯވާޑަށް ނުކުޅެވޭނެ

އުސްތާޛް މުޙައްމަދު ޢަލީ
489 ދުވަސް ކުރިން - 24 މާޗް 2025 12:06
ގެރިޓް ހޮލްމަން. މާދަމާ ރާއްޖެއާއި ދެކޮޅަށް އޭނާއަށް ނުކުޅެވެނީ ބުންޑަސްލީގާގެ ކުލަބުން ރިލީޒް ނުލިބޭތީ.
ގެރިޓް ހޮލްމަން. މާދަމާ ރާއްޖެއާއި ދެކޮޅަށް އޭނާއަށް ނުކުޅެވެނީ ބުންޑަސްލީގާގެ ކުލަބުން ރިލީޒް ނުލިބޭތީ.
ޚުލާސާ

ފިލިޕީންސްގެ އެންމެ މުހިންމު ފޯވަޑް ގެރިޓް ހޮލްމަން އަށް އަނިޔާވެފައިވާއިރު، އޭނާގެ ކުލަބު ޖަރުމަނުގެ ބުންޑަސްލީގާ 2ގެ ރެލިގޭޝަން ޒޯނުގައި އޮވެ، މުހިންމު މެޗުތަކެއް ކުޅެން ޖެހޭ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގައި ފިލިޕީންސްގެ އެންމެ މުހިންމު ފޯވަޑް ގެރިޓް ހޮލްމަން އަށް ނުކުޅެވޭނެ ކަމަށް އެ ޤައުމުގެ ގައުމީ ޓީމުގެ ކޯޗު އަލްބަޓް ކަޕެޔާސް ވިދާޅުވެއްޖެއެވެ.

ކޯޗު ކަޕެޔާސް ވިދާޅުވި ގޮތުގައި ހޮލްމަން އަށް ނުކުޅެވެނީ ދެ ސަބަބަކާ ހުރެއެވެ. އެއީ އޭނާއަށް އަނިޔާވެފައި ވުމާއި، އޭނާގެ ކުލަބު ޖަރުމަނުގެ ބުންޑަސްލީގާ 2ގެ ރެލިގޭޝަން ޒޯނުގައި އޮވެ، މުހިންމު މެޗުތަކެއް ކުޅެން ޖެހުމެވެ.

"އޭނާ އަށް ވަނީ އަނިޔާވެފައި. އަދި އޭނާގެ ކުލަބު ދަނީ ރެލިގޭޝަނުން އަރައިގަތުމަށް މަސައްކަތް ކުރަމުން. އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާ އަށް އަނިޔާވެފައި ހުއްޓާ އަހަރުމެން ގާތަށް އައިސް މެޗުތަކެއް ކުޅެފިނަމަ އޭނާގެ މަސްގަނޑަށް ލިބިފައިވާ އަނިޔާ އިތުރަށް ސީރިއަސް ވެދާނެތީވެ،" ކޯޗު ވިދާޅުވިއެވެ.

Advertisement

Advertisement 1

ކުޅުންތެރިޔާ ހުރީ ގައުމީ ޓީމަށް ކުޅެން ބޭނުންވެފައި ކަމަށް ވެސް ކޯޗު ފާހަގަކުރެއްވިއެވެ. ނަމަވެސް އަނިޔާގެ ސަބަބުން ކުލަބާއި ގައުމީ ޓީމު ވާހަކަ ދައްކައިގެން ނިންމަންޖެހެނީ މުހިންމުުހިންމު ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިލިޕީންސްގެ ގައުމީ ޓީމުގެ ޑިރެކްޓަރު ފްރެޑީ ގޮންޒާލޭޒް ވިދާޅުވީ ހޮލްމަން އަށް ނުކުޅެވުނަސް ރާއްޖެ ބަލިކޮށް ފެށުން ރަނގަޅު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު އެބައޮތް ކަމަށެވެ.

"އަހަރެންނަށް ހީވަނީ އަހަރުމެން އަމިއްލަ ނަފްސަށް އިތުބާރު އެބައޮތްހެން މެޗު ކާމިޔާބު ކުރެވޭނެ ކަމާމެދު. އަހަރުމެންގެ އަމިއްލަ ގައުމުގައި މެޗު ކުޅުމަކީ ވެސް ލިބޭ އެޑްވާންޓޭޖެއް. އަދި ސަޕޯޓަރުންގެ ކުރިމަތީގައި އަހަރުމެން ރަނގަޅު ކުޅުމެއް ދައްކާނެ ކަމާމެދު ޝައްކެއްނެތް،" ފްރެޑީ ވިދާޅުވިއެވެ.

ރާއްޖެއާއި ފިލިޕީންސް ކުޅޭ މެޗު އޮންނާނީ މާދަމާ ނިއު ކްލާކް ސިޓީ އެތްލެޓިކްސް ސްޓޭޑިއަމުގައެވެ. މި މެޗަށް ރާއްޖޭގެ ޓީމު ވެސް މިހާރު ވަނީ ފިލިޕީންސަށް ގޮސްފައެވެ. ރާއްޖެ ވަނީ މި މެޗުގެ ކުރިން އިންޑިޔާއާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.

އޭޝިއަން ކަޕްފިލިޕީންސްބުންޑަސްލީގާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

46 ދުވަސް ކުރިން - 13:56

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، 12 މީހުން މަރުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، 12 މީހުން މަރުވެއްޖެ

48 ދުވަސް ކުރިން - 11:06

ފްލިޕީންސް އިން ރާއްޖެ ބަލިކުރުމާއެކު ފަހު މެޗު ފޯރިގަދަވެއްޖެ

ފްލިޕީންސް އިން ރާއްޖެ ބަލިކުރުމާއެކު ފަހުމެޗު ފޯރިގަދަވެއްޖެ

249 ދުވަސް ކުރިން - 06:54

ދިވެހިން ދިރިއުޅޭ ފިލިޕީންސަށް އިތުރު ތޫފާނެއްގެ ބިރު

ދިވެހިން ދިރިއުޅޭ ފިލިޕީންސަށް އިތުރު ތޫފާނެއްގެ ބިރު

261 ދުވަސް ކުރިން - 14:09

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާއި އެކު ބަޔަކު މަރުވެ، ހޮސްޕިޓަލްތަކުން މީހުން ހޮސްކޮށްލައިފި

ފިލިޕީންސަށް ބާރުގަދަ ބިނެހްލުމެއް! ބަޔަކު މަރުވެއްޖެ!

289 ދުވަސް ކުރިން - 11:56

ފިލިޕީންސްގެ ޒަލްޒަލާ: ޗާޗުތައް ފުނޑުފުނޑުވިއިރު މިސްކިތްތައް ވަނީ ސަލާމަތްވެފަ

ފިލިޕީންސްގެ ޒަލްޒަލާ: ޗާޗުތައް ފުނޑުފުނޑު، މިސްކިތްތައް ސަލާމަތްވި

290 ދުވަސް ކުރިން - 00:32