ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުުޅުނު ފުރަތަމަ މެޗުގައި މޮނާކޯ އަތުން 2-1 އިން ބާސެލޯނާ ބަލިވެ މާޔޫސްކަން ލިބިއްޖެއެވެ.
ބާސާއަށް މެޗުގެ ވަރަށް ކުރިކޮޅު ރަތްކާޑަކާއި ކުރިމަތިލާން ޖެހުމުން ގޭމުގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވިއެވެ.
10 ވަނަ މިނެޓުގައި އެރިކް ގާސިއާ އަށް ރަތްކާޑު ދެއްކުމުން ސްޕެއިންގެ ވަރުގަދަ ޓީމަށް ދަތިތަކާ ކުރިމަތިލާން ޖެހުނުއިރު، މެޗުގެ ބޮޑު ބައި ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ.
މޮނާކޯއިން އޭގެ އެޑްވާންޓޭޖް ނަގައި ރަނގަޅަށް ކުޅެ ވަރަށް ބޮޑަށް ބާސާއަށް ޕްރެޝަރު ކުރިއެވެ. ފުރަތަމަ ލަނޑު ޖެހީ ވެސް މޮނާކޯއިންންވެެ. މި ލަނޑު ޖަހައިދިނީ 16 ވަނަ މިނެޓުގައި މެގްނަލް އަކްލިއޯޗޭއެވެ. ނަމަވެސް ބާސެލޯނާގެ ޒުވާން ލާމިން ޔަމާލް ވަނީ ލަނޑެއް ޖަހައި އެއްވަރު ކޮށްފައެވެ. އޭނާގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ގޯލު ޖަހައި މެޗުގެ 28 ވަނަ މިނެޓުގައި ނަތީޖާ 1-1 އިން އެއްވަރު ކުރިއެވެ.
އުމުރުން 16 އަހަރުގެ ޔަމާލްގެ ގޯލަށް ފަހު މޮނާކޯއިން ވަނީ މެޗުގެ ކޮންޓްރޯލް އަލުން ހޯދައިފަ އެވެ. މި ސީޒަނުގައި މޮނާކޯއަށް ފުރަތަމަ ފަހަރަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް ޖޯޖް އިލެނިކޭނާ ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ގޯލު ޖަހައި ފްރާންސް ކްލަބަށް ތިން ޕޮއިންޓް ވެސް ކަށަވަރުކޮށްދީފަ އެވެ.
މޮނާކޯގެ ދެވަނަ ގޯލަށް ފަހު ވެސް ކުރިއަށް ޕްރެސް ކުރަމުން ދިޔައިރު ޕެނަލްޓީއެއް ލިބުނު ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ރިވިއު ކުރުމުން ރެފްރީ ވަނީ އެ ނިންމުން ކެންސަލް ކޮށްފައެވެ.ތަފާތު ފޯމެޓަކަށް ކުޅޭ ޗެމްޕިއަންސް ލީގުގައި މި ލިބުނު ދެރަ ނަތީޖާގެ ސަބަބުން ބާސާއަށް ޕްރެޝަރާއި ކުރިމަތިލާން ޖެހިފައިވާއިރު މޮނާކޯއިން މުބާރާތުގައި ކުރިއަށް ދިއުމަށް މިއީ ރަނގަޅު ފެށުމެކެވެ.









