ޓޫރިންގައި ލަނޑެއް ނުޖެހި އެއްވަރުވެ ޔުވެންޓަސް އާއި ނަޕޯލީ އަށް ވެސް ސެރީއާގެ އެއްވަނަ އަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
އެލިއާންޒް ސްޓޭޑިއަމްގައި ރޭ މޮޅަށް ކުޅުނީ ވެސް ނަޕޯލީއެވެ. ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ނުރައްކާތެރި ހަމަލާއެއް ނަޕޯލީން އުފެއްދި ކަމުގައި ވިޔަސް ޔުވެންޓަސްގެ ކީޕަރު ވަނީ ދިފާޢު ކޮށްފައެވެ.
އެންޓޯނިއޯ ކޮންޓޭގެ ޓީމަށް ރޭގެ މެޗުން މޮޅު ނުވެވުމުން ޓޭބަލުގެ ކުރިޔަށް އެރުމުގެ ޗާންސު މިވަގުތަށް ގެއްލުނުއިރު އެއްވަނައިގައި އޮތީ ޓޮރީނޯއެވެ. އެއީ 5 މެޗު ކުޅެގެން 11 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެގެން 10 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އުދިނޭޒީ އެވެ. ނަޕޯލީއަށް ވެސް ފަސް މެޗުން 10 ޕޮއިންޓް ލިބި 3 ވަނައިގައި އޮތްއިރު ޔުވެންޓަސް އަށް ލިބިފައިވަނީ 9 ޕޮއިންޓެވެ.
ރޭގެ މެޗު އެއްވަރުވުމުން ނަޕޯލީ މޮޅުވަމުން އައި އައުން މަޑުޖެހިއްޖެކަން ފާހަގަ ކުރެވެއެވެ.









