އިންޓަރ މިލާނާ އެކު 1-1 އިން އެއްވަރުވުމުން "ހިތާމަ" ކުރަން: ކޮންޓޭ

އުސްތާޛް މުޙައްމަދު ޢަލީ | 60 ދުވަސް ކުރިން - 2 މާރިޗް 2025 09:05
ޑިއޭގޯ އާމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ނަޕޯލީ އާއި އިންޓަ ކުޅުނު މެޗުގައި ނަޕޯލީގެ ހެޑް ކޯޗު އެންޓޯނިއޯ ކޮންޓޭ ރިއެކްޓް ކުރަނީ.
ޑިއޭގޯ އާމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ނަޕޯލީ އާއި އިންޓަ ކުޅުނު މެޗުގައި ނަޕޯލީގެ ހެޑް ކޯޗު އެންޓޯނިއޯ ކޮންޓޭ ރިއެކްޓް ކުރަނީ.
ޚުލާސާ

ނަޕޯލީ އެންމެ ފަހުން ކުޅުނު ފަސް މެޗުން އެއް މެޗުން ބަލިވިއިރު އަނެއް 4 މެޗުން ވީ އެއްވަރު.

ސީރީ އޭގެ އިސް ސަފުގައި އޮތް އިންޓަރ މިލާނާ އެކު 1-1 އިން އެއްވަރުވުމުން "ހިތާމަ" ކުރާ ކަމަށް ނާޕޯލީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ކޮންޓޭ ބުނީ ނާޕޯލީ އަށް "އެއް ޕޮއިންޓަށްވުރެ ގިނަ ޕޮއިންޓް ޙައްޤުވާ" ކަމަށެވެ. ނަމަވެސް މެޗުގައި ދެއްކި ފައިޓުން "އިތުބާރު" ލިބިގެންދާ ކަމަށް އޭނާ ބުންޏެވެ.

ސީރީ އޭ ގައި ޓޭބަލްގެ އެންމެ މަތީގައި އިންޓަމިލާން އޮތީ 27 މެޗުން ލިބުނު 58 ޕޮއިންޓާއި އެކުގައެވެ. ދެވަނައިގައި ނަޕޯލީ އޮތީ 57 ޕޮއިންޓާއި އެކުގައެވެ.

މި ދެޓީމުވެސް ލީގުގައި ބައްދަލުކުރި 27 ވަނަ މެޗު 1-1 އިން އެއްވަރުވި އިރު ފުރަތަމަ ގޯލު ޖެހީ އިންޓަރ އިންނެވެ. 22 ވަނަ މިނެޓުުގައި އެ ގޯލު ޖަހައިދިނީ ފެޑެރިކޯ ޑިމާކޯގެ ފްރީ ކިކަކުންނެވެ.

އިންޒާގީގެ ޓީމު ކޮޅަށް ގޯލެއް ޖަހައި ކޮންޓޭ އަށް އެއްވަރު ކޮށްލެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް 87 ވަނަ މިނެޓުގައި ސްޓެނިސްލާވް ލޮބޮޓްކާގެ އެހީތެރިކަމާއެކު ބަދަލުކުޅުންތެރިޔާ ފިލިޕް ބިލިންގއެވެ.

ކޮންޓޭ ބުނީ އޭނާގެ ކުރީގެ އިންޓަރ ސްޓްރައިކަރ ރޮމެލު ލުކާކޫގެ ކުޅުމުގައި ކުރިއެރުން ފެނުނު ކަމަށެވެ

ނަޕޯލީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައި ނުވާއިރު ލިބިފައިވަނީ އެ ފަސް މެޗުން 4 ޕޮއިންޓެވެ. އެއީ 1 މެޗުން ބަލި އަނެއް 4 މެޗުން އެއްވަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%