މިހާރު ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ގައި ހީކުރި ގޮތާއި ޚިލާފަށް، ބްރެޒިލްގެ ފުލުމިނެންސޭ އިން އިޓަލީގެ އިންޓަރ މިލާން 2-0 އިން ބަލިކޮށް މުބާރާތުން ކަޓުވާލައިފިއެވެ.
މިއީ ހައިރާން ކުރަނިވި ނަތީޖާ އެކެވެ. މިފަހުން ލިބުނު އަނިޔާއިން ކިރިޔާ އަރައިގަތް ފުލުމިނެންސޭގެ 40 އަހަރުގެ ކެޕްޓަން ތިއާގޯ ސިލްވާ އޭނާގެ ޓިމު ލީޑުކުރީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕް އާއި ދެކޮޅަށެވެ.
މެޗު ފެށުމުގެ ކުރިން ހުރިހާ ޕޯލަކުން ވެސް ދެއްކީ އިންޓަމިލާން މޮޅުވާތަނެވެ. ފުލުމިނެންސޭ މޮޅުވާނެ ކަމަށް ބުނީ %15.6 މީހުންނެވެ.
އިންޓަމިލާނުގެ ގޯލު ބްރެޒިލް ޓިމުން ހުޅުވައިލީ މެޗު ފެށިތަނާހެންނެވެ. މި ލަނޑު 3 ވަނަ މިނެޓުގައި ބޮލުން ޖަހައި ވައްދައިލީ ޖަރމަން ކާނޯ އެވެ.
އިންޓަމިލާނުން ގޯލެއް ޖެހޭތޯ 16 ޝޮޓް ހެދިއެވެ. މެޗު ޑޮމިނޭޓް ކުރީވެސް އެމީހުންނެވެ. އެހެންނަމަވެސް މެޗުގެ 90 މިނެޓް ހަމަވެ އިތުރު މިނެޓް 3 ވަނަ މިނެޓުގައި ބްރެޒިލްގެ ކުލަބުން އިތުރު ގޯލެއް ޖަހައި އިންޓަމިލާން ރޮއްވާލީއެވެ.
ލިބުނު މޮޅަށްފަހު ވާހަކަ ދައްކަމުން މިލާނާއި ޕީއެސްޖީ އަދި ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ސިލްވާ ބުނީ މީގެ 10 ދުވަސް ކުރިން ލިބުނު އަނިޔާއަށްފަހު ލިބުނު މި ކާމިޔާބީ އަކީ އުނދަގުލުން ލިބުނު ކާމިޔާބީއެއް ކަމަށާއި އިންޓަ އާއި ދެކޮޅަށް ކުޅެން ފަސޭހައެއް ނޫނެވެ.
ފުލުމިނެންސޭ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމު ބައްދަލުކުރާނީ މިހާރު ކުޅެމުންދާ މެންޗެސްޓާ ސިޓީ އާއި އަލް ހިލާލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި ޚަބަރު ލިޔުނު އިރު އެމެޗު ދަނީ ކުރިޔަށެވެ. މެޗުގެ 90 އަދި އޮތީ 2-2 އިން އެއްވަރު ވެފައެވެ.