Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތާރީޚީ ކުރިމަތިލުމަކަށްފަހު ބާސެލޯނާ ކަޓުވާލައި އިންޓަމިލާން ފައިނަލަށް

ތާރީޚީ ކުރިމަތިލުމަކަށްފަހު ބާސެލޯނާ ކަޓުވާލައި އިންޓަމިލާން ފައިނަލަށް

އުސްތާޛް މުޙައްމަދު ޢަލީ
490 ދުވަސް ކުރިން - 7 މެއި 2025 09:57
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާ ބަލިކޮށް އިންޓަ އިން މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ޑޭވިޑް ފްރެޓެސީ އުފާ ފާޅުކުރަނީ
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާ ބަލިކޮށް އިންޓަ އިން މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ޑޭވިޑް ފްރެޓެސީ އުފާ ފާޅުކުރަނީ
ޚުލާސާ

މިއީ ޗެމްޕިއަންސް ލީގް ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި އެއް ސެމީފައިނަލް މެޗު. ފައިނަލް ކުޅޭނީ މެއި 31 ގައި އާސެނަލް ނޫނީ ޕީއެސްޖީއާއި ދެކޮޅަށް

ޗެމްޕިއަންސް ލީގް ސެމީފައިނަލްގެ ދެވަނަ ލެގުގައި އިންޓަރ މިލާނުން ރޭ ބާސެލޯނާއާ ކުރިމަތިލައި 4-3 އިން ބާސާ ބަލިކޮށްފިއެވެ. މިއާއެކު އިންޓަރ މިލާން ވަނީ އެގްރެގޭޓް ސްކޯރ 7-6 އިން ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގް ފައިނަލަށް ގޮސްފައެވެ.

އިންޓަ މިލާނަށް ފުރަތަމަ ލަނޑު ލަނޑު ޖަހައިދިން ކެޕްޓަން ލައުޓާރޯ މާޓިނޭޒް އުފާ ފާޅުކުރަނީ.

Advertisement

Advertisement 1

ސަން ސިރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖެހީ މެޗުގެ 21 ވަނަ މިނެޓުގައި އިންޓަމިލާނުގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒް އެވެ. ހާފް ނިމުމުގެ ކުރިން ޕެނަލްޓިއަކުން ހަކާން ކަލަހަނޯލު ދެވަނަ ލަނޑު ޖަހައިދިނެވެ.

ދެވަނަ ހާގުގައި ބާސެލޯނާ ވަނީ ދެ ގޯލު ޖަހައި މެޗު އެއްވަރުކޮށްފައެވެ. ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހީ 54 ވަނަ މިނެޓުގައި އެރިކް ގާސިއާއެވެ. އެއަށްފަހު ބާސާއިން 60 ވަނަ މިނެޓުގައި ދެވަނަ ގޯލު ޖެހިއެވެ. މި ގޯލް ޖަހައިދިނީ ދާނީ އޮލްމޯއެވެ. މެވުގެ 90 މިނެޓް ހަމަވާން 2 މިނެޓަށް ވެފައި ވަނިކޮށް ރަފިންހާ ވަނީ ގޯލެއް ޖަހައި 3-2 އަށް ނަތީޖާ ބަދަލުކޮށްފައެވެ.

ރަފިންހާގެ ގޯލާއެކު ބާސެލޯނާ ލީޑު ނެގީ ފުރަތަމަ ފަހަރަށް އެއްވަރުވެގެންނެވެ

ނަމަވެސް 90+3 ވަނަ މިނެޓުގައި އިންޓަރ މިލާންގެ ފްރަންޗެސްކޯ އަސެރްބީ ޖެހި ގޯލުން މެޗު ވަނީ މެޗް އެއްވަރުވެ އެކްސްޓްރާ ޓައިމަށް ގޮސްފައެވެ.

އާޚިރުގައި ކަން ދިމާވީ އިތުރު ގޯލެއް އިޓަލީ ޓީމު ޖެހުމެވެ. އެކްސްޓްރާ ޓައިމްގައި މި ގޯލު ޖަހައިދިނީ ފްރަޓެސީ އެވެ. މިއާއިއެކު އިންޓަރ މިލާން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

އިންޓަ މިލާންގެ ފްރާންސެސްކޯ އަސެރްބީ އުފާފާޅުކުރަނީ. ފަހު ވަގުތު އޭނާ ޖެހި ލަނޑުން އިތުރު ވަގުތު ކުޅެން ޖެހުނު.

މި ކާމިޔާބީއާއެކު އިންޓަރ މިލާން ވަނީ ތިން އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގް ފައިނަލަށް ގޮސްފައެވެ.

ޗެމްޕިއަންސް ލީގް ފައިނަލް ކުޅޭނީ މެއި 31 ވަނަ ދުވަހު މިއުނިކްގައެވެ. އިންޓަރ މިލާން ފައިނަލުގައި ކުޅޭނީ ޕީއެސްޖީ ނުވަތަ އާސެނަލްއާ ދެކޮޅަށެވެ.

މި މެޗަކީ ޗެމްޕިއަންސް ލީގް ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހުނު ސެމީފައިނަލް މެޗުތަކުގެ ތެރެއިން އެއް މެޗެވެ. މީގެ ކުރިން މިވަރުގެ ސްކޯއެއް ރެކޯޑުކުރެވިފައިވަނީ 2018 ވަނަ އަހަރު ލިވަޕޫލް އާއި ރޯމާ ކުޅުނު މެޗުގައެވެ.

ޗެމްޕިއަންސް ލީގުބާސެލޯނާއިންޓަ މިލާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

8 ގަޑިއިރު ކުރިން - 09:36

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

101 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

102 ދުވަސް ކުރިން - 14:46

ރެފްރީގެ ފުރިހަމަ ލޯތްބާއި ކުލުނާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

ރެފްރީގެ ފުރިހަމަ އެހީތެރިކަމާއެކު ޕީއެސްޖީ ފައިނަލަށް

125 ދުވަސް ކުރިން - 02:00

އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް

އާސެނަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް

126 ދުވަސް ކުރިން - 01:52

ވީއޭއާރްގެ ނިންމުމަކާއެކު އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

އާސެނަލް މޮޅުވިޔަނުދީ އެތުލެޓިކޯ އިން ހިފަހައްޓައިފި

132 ދުވަސް ކުރިން - 17:18