ލަނޑު ގޯންޏަކާއެކު ޕީއެސްޖީން ޗެމްޕިއަންސްލީގުގެ ތަށި ހޯދައި ހުވަފެން ޙަޤީޤަތަކަށް

ހުސައިން އިސްމާއިލް | 16 ދުވަސް ކުރިން - 31 މޭ 2025 02:05
ޕީއެސްޖީ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ޕީއެސްޖީ ކުޅުންތެރިން އުފާ ފާޅުކުރަނީ.
ޚުލާސާ

ޕީއެސްޖީގެ ތާރީޚުގެ ފުރަތަމަ ޗެމްޕިއަންސް ލީގުގެ ތަށި ހޯދީ 5-0 އިންޓަމިލާން ބަލިކޮށްގެން.

ފަސޭހަކަމާއެކީ އިންޓަމިލާން ތަޅާލައި ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) އިން ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިފިއެވެ. މި މެޗުގައި ޕީއެސްޖީ އިން އިންޓަރ މިލާން ބަލިކުރި 5-0 ގެ ބޮޑު ތަފާތަކުންނެވެ.

ޕީއެސްޖީގެ ހުވަފެން ޙަޤީޤަތަކަށް މިވީ ރެކޯޑް މޮޅަކާއެކު ގައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ 12 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ އެވެ. އޭނާގެ ކުރީގެ ޓީމާއި ދެކޮޅަށް ޖެހި މި ލަނޑަށް އެހީތެރިވީ 19 އަހަރުގެ ޑެޒިރޭ ޑޫއޭ އެވެ. ޑޫއޭ، 20 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭގެ ޕާހަކުން ދެވަނަ ލަނޑު ޖަހައި ލީޑު އިތުރުކުރިއިރު. ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އަނެއްކާވެސް އޭނާ ލަނޑެއް ޖެހިއެވެ. މި ފަހަރު އެހީތެރިވީ ވިޓިންހާ އެވެ. 75 ވަނަ މިނެޓުގައި ކްވިޗާ ކްރަވަޝްކޭލިއާ ވަނީ ޕީއެސްޖީގެ 4 ވަނަ ގޯލު ޖަހައިފައެވެ. ފަހު ގޯލް 86 ވަނަ މިނެޓުގައި ޖެހީ މަޔޫލޫއެވެ.

މެޗުގެ 12 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ އިންޓަމިލާންގެ ގޯލް ހުޅުވާލަނީ / ފޮޓޯ: ބީބީސީ

މިއާއެކު، 1993 ގައި މާސޭ އިން ނެގި ތައްޓަށްފަހު، މި ތަށި ހޯދި ދެވަނަ ފްރެންޗް ކުލަބަށް ޕީއެސްޖީ ވެގެން ދިޔައީއެވެ. މީގެ ކުރިން ޕީއެސްޖީ އިން 2020 ގައި ފައިނަލަށް ދަތުރުކުރި ނަމަވެސް، ބަޔާން މިއުނިކް އަތުން ބަލިވިއެވެ. އެހެންނަމަވެސް އިންޓަރ މިލާން އަކީ މީގެ ކުރިން 3 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އެންމެ ފަހުން އެ ޓީމުން މި ތަށި ހޯދީ 2010 ގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%