Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެޑްރިޑް، ޓޮޓެންހަމް އަދި އާސެނަލް މޮޅުވިއިރު ސިޓީ އާއި ޕީއެސްޖީ ބަލިވެއްޖެ

މެޑްރިޑް، ޓޮޓެންހަމް އަދި އާސެނަލް މޮޅުވިއިރު ސިޓީ އާއި ޕީއެސްޖީ ބަލިވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
186 ދުވަސް ކުރިން - 21 ޖެނުއަރީ 2026 11:05
މެންޗެސްޓާ ސިޓީގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައިނުވޭ---ފޮޓޯ: މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައިނުވޭ---ފޮޓޯ: މެންޗެސްޓާ ސިޓީ
ޚުލާސާ

ނަތީޖާތަކަކީ މެޑްރިޑް 6-1 މޮނާކޯ، ޓޮޓެންހަމް 2-0 ޑޯޓްމަންޑް، އިންޓާ މިލާން 1-3 އާސެނަލް، ބޮޑޮއޭ 3-1 ސިޓީ އަދި ސްޕޯޓިން 2-1 ޕީއެސްޖީ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރިއަލް މެޑްރިޑް، ޓޮޓެންހަމް އަދި އާސެނަލް މޮޅުވި އިރު މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ބަލިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ރިއަލް މެޑްރިޑުން 1-6 ގެ ނަތީޖާއިން މޮނާކޯ ބަލިކުރިއިރު މި މެޗުގައި އެމްބާޕޭ ވަނީ ދެ ގޯލު ޖަހާފަ އެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި އެމްބާޕޭ ގޯލު ޖެހީ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ދެވަނަ ގޯލު އެމްބާޕޭ ޖެހީ ވިނީޝިއަސް ޖޫނީއާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. 51 ވަނަ މިނެޓުގައި މެޑްރިޑްގެ ތިންވަނަ ގޯލު ޖެހީ މަސްޓަންޓޫޓޯ އެވެ. މި ގޯލު ޖަހަން ވެސް ވިނީޝިއަސް އެހީތެރިވެފައިވާއިރު ހަތަރު ވަނަ ގޯލު 63 ވަނަ މިނެޓުގައި ޖެހީ އޭނާ އެވެ. ވިނީޝިއަސްގެ ގޯލު ޖަހަން އެހީތެރިވީ އަރްދާ ގުލާ އެވެ. މޮނާކޯގެ ހަމައެކަނި ގޯލު 72 ވަނަ މިނެޓުގައު ޖެހީ ޓޭޒޭ އެވެ. ފަހު ގޯލު މެޑްރިޑުން ޖެހީ ވަލްވާޑޭގެ އެހީތެރިކަމާއެކު ޖެހީ ބެލިންހަމެވެ.

ޗެމްޕިއަންސް ލީގުގައި މެޑްރިޑް ދެވަނައިގައި އޮތީ ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކު އެވެ. އެއްވަަނައިގައި އާސެނަލް އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 21 ޕޮއިންޓު ހޯދައިގެންނެވެ. ރޭގެ މެޗުގައި އާސެނަލް ބައްދަލުކުރީ އިންޓަ މިލާނާ އެވެ. 1-3 ގެ ނަތީޖާއިން މޮޅުވި މި މެޗުގައި ގޯލު ޖެހީ ގަބްރިއަލް ޖީސަސްގެ ދެ ގޯލާއި ގިއޮކްރެސްގެ ގޯލެކެވެ. އިންޓަ މިލާޏުގެ ގޯލު ޖެހީ ސުޗިކް އެވެ.

Advertisement

Advertisement 1

ޑޯޓްމަންޑާ ވާދަކޮށް ޓޮޓެންހަމް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ. ޓޮޓެންހަމްގެ ގޯލުތައް ޖެހީ ރޮމޭރޯ އާއި ސޮލާންކޭ އެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ސްވެންސަން އަށް ރަތްކާޑެއް ދައްކާފައިވާކަން ފާހަގަކޮށްލެވެ އެވެ. 14 ޕޮއިންޓާއެކު ޓޯޓެންހަމް ހަތަރު ވަނައިގައި އޮތްއިރު 11 ޕޮއިންޓާއެކު ޑޯޓުމްނަޑް އޮތީ 12 ވަނައިގަ އެވެ.

ނޯވޭގެ ބޮޑޭއޭ އަތުން މެންޗެސްޓާ ސިޓީ ވަނީ ލަދުވެތި ގޮތަކަށް 1-3 ގެ ނަތީޖާއިން ބަލިވެފަ އެވެ. މެޗުގައި ގޯލުތައް ޖެހީ ކެސްޕާ ހޯޖްގެ ދެ ގޯލާއި ޖެންސް ހައުޖް އެވެ. ސިޓީގެ ހަމައެކަނި ގޯލު ޖެހީ ޗާކީ އެވެ. މި މެޗުގައި ސިޓީގެ ރޮޑްރީއަށް ވަނީ ދެ ރީދޫ ކާޑާއެކު ރަތްކާޑެއް ދައްކާފަ އެވެ. ތާވަލަށް ބަލާއިރު ސިޓީ އޮތީ 13 ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ. ބޮޑޭއޭ އޮތީ ހަ ޕޮއިންޓާއެކު 27 ވަނައިގަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ވަނީ ޕޯޗުގަލްގެ ސްޕޯޓިން އަތުން 1-2 އިން ބަލިވެފަ އެވެ. މެޗުގައި ސްޕޯޓިންގެ ދެ ގޯލުވެސް ޖަހާފައިވަނީ ލުއިސް ސުއަރޭޒް އެވެ. ޕީއެސްޖީގެ ހަމައެކަނި ގޯލު ކަވަރެސްކެއިލިއާ އެވެ. ތާވަލުގައި މިވަގުތު ޕީއެސްޖީ 13 ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ. ސްޕޯޓިން 13 ޕޮއިންޓާއެކު ގޯލުގެ ތަފާތުން އޮތީ ހަ ވަނައިގަ އެވެ.

ރޭގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތައް؛

  1. ކޯޕަންހޭގެނެ 1-1 ނަޕޯލީ
  2. އޮލިމްޕިއާކޯސް 2-0 ލެވަކޫސަން
  3. ވިޔަރެޔާލް 1-2 އަޔަކްސް
  4. ކުލަބު ބްރޫޖް 4-1 އަލްމާޓީ

ރިއަލް މެޑްރިޑްއޭއެސް މޮނާކޯއިންޓަ މިލާންއާސެނަލްޕީއެސްޖީޓޮޓެންހަމްޑޯޓްމަންޑްވިލަރެޔާލްމެންޗެސްޓަރ ސިޓީޗެމްޕިއަންސް ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

26 ދުވަސް ކުރިން - 23:04

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

56 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

56 ދުވަސް ކުރިން - 14:46

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

56 ދުވަސް ކުރިން - 14:11

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01