ޔަމާލްގެ މަސައްކަތުން ބާސެލޯނާއިން އިންޓަރ މިލާން ހިފަހައްޓައިފި

އުސްތާޛް މުޙައްމަދު ޢަލީ | 5 ގަޑިއިރު ކުރިން - 1 މޭ 2025 09:47
ހުނަވެރި ލަމީން ޔަމާލް ބޯޅަ ފޮނުވާލާއިރު އިންޓަމިލާނުގެ ދެކުޅުންތެރިން އޭނާ އަށް ހުރަސް އަޅަން މަސައްކަތް ކުރަނީ.
ހުނަވެރި ލަމީން ޔަމާލް ބޯޅަ ފޮނުވާލާއިރު އިންޓަމިލާނުގެ ދެކުޅުންތެރިން އޭނާ އަށް ހުރަސް އަޅަން މަސައްކަތް ކުރަނީ.
ޚުލާސާ

އިންޓަމިލާން ދެގޯލު ޖަހާފައި ވަނިކޮށް ބާސެލޯނާއިން ވަނީ ފަހަތުން އަރައި 2-2 އިން ހަމަހަމަކޮށްފަ. އޭގެފަހުން އަނެއްކާ އިންޓައިން ގޯލެއް ޖެހުމުން އަނެއްކާވެސް ބާސާއިން ހަމަހަމަކުރި.

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ބާސެލޯނާއާއި އިންޓަރ މިލާން ރޭ ކުޅުނު ފުރަތަމަ ލެގު 3-3 އިން އެއްވަރުވެއްޖެއެވެ. ސްޕެއިންގައި ކުޅުނު މި މެޗުގައި އިންޓަރ މިލާން ވަނީ ފުރަތަމަ މިނެޓުގައި ލީޑު ހޯދާފައެވެ. މި ގޯލު ޖަހައިދިނީ މާކަސް ތުރާމް އެވެ. އެއަށްފަހު ދެން ފެނުނީ އަނެއްކާވެސް އިންޓަމިލާނުން އިތުރު ގޯލެއް ޖެހިތަނެވެ. މި ގޯލް ޖަހައިދިނީ ޑެންޒެލް ޑަމްފްރީސް އެވެ.

އިންޓަމިލާނުގެ ޑެންޒެލް ޑަމްފްރީސް ބާސެލޯގެ ގޯލު ފޫއަޅުވާލަނީ؛ އޭނާ ރޭ ދެލަނޑު ޖެހި.

ނަމަވެސް ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ވަނީ އެ ޓީމަށް އަނބުރާ މެޗަށް އައުމުގެ ފުރުސަތު ހޯދައިދީފައެވެ. ޔަމާލްގެ މޮޅު ހުނަރު ބޭނުންކޮށްގެން ބާސާއަށް ސުން ކަނޑުވައިދިން ލަނޑު އޭނާ ޖެެހީ ގޯލުގެ އަތިމެތީ ދަނޑީގައި ޖައްސާފައެވެ. އޭގެ ފަހުން ފެރާން ޓޯރެސް ޖެހި ލަނޑުން ބާސެލޯނާ ވަނީ މެޗު 2-2 އިން އެއްވަރުކޮށްފައެވެ.

2-2 އިން އެއްވަރުކުތި ގޯލު ޖެހުމަށްފަހު ފެރާން ޓޯރެސް އުފާފާޅުކުރަނީ.

ދެވަނަ ހާފުގައި އިންޓަރ މިލާން އަނެއްކާވެސް އިތުރު ލަނޑެއް ޖެހިއެވެ ޑަމްފްރީސް ޖެހި ދެވަނަ ލަނޑުން އިންޓަރ މިލާން 3-2 ގެ ލީޑުގައި އޮއްވާ ރަފީނިއާ ފޮނުވާލި އުންޑައެއް ކަހަލަ ޝޮޓެއް ގޯލުގެ ހުރަސް ދަނދިގައި ޖެހިފައި އައިސް ދެން އެބޯޅަ އިންޓަމިލާނުގެ ކީޕަތުގެ ބުރަކަށީގައި ޖެހިފައި ގޯލަށް ވަނެވެ. މިއާއެކު ބާސެލޯނާއިން 3-3 އިން ނަތީޖާ ހަމަހަމަކުރިއެވެ.

އިންޓަމިލާނުގެ ޑިފެންސަށް ރޭ އެންމެ އުނދަގޫވީ ޔަމާލް ހުއްޓުވާށެވެ. ބާސެލޯނާގެ ހުރިހާ އެޓޭކެއްގައި އޭނާގެ ހިއްސާ އޮތެވެ. މި މެޗުގައި އިންޓަރ މިލާންގެ ކެޕްޓަން ލައުޓާރޯ މާޓީނެޒް ވަނީ އަނިޔާވެފައެވެ. އޭނާގެ ނެތުމަކީ ދެވަނަ ލެގުގައި އިންޓަރ މިލާނަށް ބޮޑު ގެއްލުމަކަށް ވެދާނެ ކަމެކެވެ. ދެވަނަ ލެގު ކުޅޭނީ މިލާނުގައެވެ. އެ މެޗުގައި ކާމިޔާބުވާ ޓީމަކަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%