Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕެނަލްޓީ ނުދިނުމުން ފެބްރެގާސް ރުޅިއައިސްފި

ޕެނަލްޓީ ނުދިނުމުން ފެބްރެގާސް ރުޅިއައިސްފި

އުސްތާޛް މުޙައްމަދު ޢަލީ
487 ދުވަސް ކުރިން - 8 ފެބްރުއަރީ 2025 09:19
ކޯމޯގެ ކުޅުންތެރިޔާ މޭމަތިން ބޯޅަ ކޮންޓުރޯލް ކުރިއިރު ޔުވެންޓަސް ޑިފެންޑަރު ގެޓީ ބުނީ ބޯޅައިގައި އަތް ޖެއްސީ ގަސްތަކު ނޫން ކަމަށް.
ކޯމޯގެ ކުޅުންތެރިޔާ މޭމަތިން ބޯޅަ ކޮންޓުރޯލް ކުރިއިރު ޔުވެންޓަސް ޑިފެންޑަރު ގެޓީ ބުނީ ބޯޅައިގައި އަތް ޖެއްސީ ގަސްތަކު ނޫން ކަމަށް.
ޚުލާސާ

ފާބްރެގާސް ބުނީ މިހާރު ދިމާވަމުންދާ ހަމަހަމަ ނޫން ނިންމުންތައް ނިންމުމުގެ ސަބަބުން ވީއޭއާރަކީ ފުޓްބޯޅައަށް ނުރަނގަޅު އެއްޗަކަށް ވަމުންދާ ކަމަށް.

އިޓާލިއަން ސެރީއާގައި ޔުވެންޓަސްއާއި ދެކޮޅަށް ކުޅުނު މެޗުގައި 2-1 އިން ބަލިވުމަށްފަހު، ޕެނަލްޓީއެއް ނުދިނުމާއި ގުޅިގެން ކޯމޯގެ ކޯޗު ސެސްކް ފާބްރެގާސް ވަރަށް ރުޅި އައިސް ފާޑުކިޔައިފިއެވެ.

ކޯމޯ އިއްޔެ ބަލިވީ ޔުވެންޓަސް އާއި ކުޅެ 2-1 ލަނޑުންނެވެ. 24 މެޗުން 22 ޕޮއިންޓާއެކު 15 ވަނައިގައި އޮތްއިރު އެންމެ ފަހުން ކުޅުނު 3 މެޗުން ވެސް ކޯމޯ ވަނީ ބަލިވެފައެވެ.

އިއްޔެ ފާބްރެގާސް ބުނީ ކޯމޯގެ ކުޅުންތެރިޔާ މަސައްކަތްކުރި ބޯޅައަށް ހުރަސް އެޅުނީ ޔުވެންޓަސްގެ ޑިފެންޑަރު ގެޓީ އަތުގައި ބޯޅަ ޖެހުމުންނެވެ. މި ހާދިސާގައި ވީއޭއާރުން އެއްވެސް ފިޔަވަޅެއް ނޭޅުމުން، އޭނާގެ ހިތުގައި ޝައްކު އުފެދިފައިވާ ކަމަށް މީޑިއާގައި ބުންޏެވެ.

Advertisement

Advertisement 1

"ޕެނަލްޓީއެއް ދޭންޖެހޭ. އެކަމާމެދު އެއްވެސް ޝައްކެއް ނެތް. ޑޮވިކާސް ބޯޅަ ކޮންޓްރޯލްކުރަނީ މޭމަތިން، އަދި ގެޓީގެ އަތުގައި ބޯޅައަށް ނުޖެހުނު ނަމަ، އޭނާއަށް ގޯލަށް ދެވުނީސް،" ފާބްރެގާސް ބުނެފައިވެއެވެ.

ފާބްރެގާސް ބުނީ މިފަދަ ކަންކަން ތަކުރާރުވަމުންދާ ކަމަށާއި، މީގެ ކުރިން ވެސް ލާޒިއޯ، މިލާން އަދި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ކޯމޯއަށް ގެއްލުންވާ ގޮތަށް ނިންމުންތައް ނިންމާފައިވާ ކަމަށެވެ.

ފާބްރެގާސް ބުނީ ވީއޭއާރު ރަނގަޅަށް ބޭނުންކުރާ ނަމަ، އޭނާ އެ ނިޒާމަށް ތާއީދުކުރާ ކަމަށެވެ. ނަމަވެސް މިހާރު ދިމާވަމުންދާ ހަމަހަމަ ނޫން ނިންމުންތައް ނިންމުމުގެ ސަބަބުން ވީއޭއާރަކީ ފުޓްބޯޅައަށް ނުރަނގަޅު އެއްޗަކަށް ވަމުންދާ ކަމަށް އޭނާ ބުންޏެވެ.

ޔުވެންޓަސް ޑިފެންޑަރު ގެޓީ ބުނީ އޭނާ އަތް އެޅީ ކުޅުންތެރިޔާއަށް ހުރަސްއެޅުމަށް ކަމަށާއި، ބޯޅައަށް ނޫން ކަމަށެވެ. އަދި މިފަދަ ކުދިކުދި ކަންކަމަށް ޕެނަލްޓީ ދިނުމަކީ އޭނާ ބޭނުންވާ ކަމެއް ނޫން ކަމަށާއި، އެއީ ޔުވެންޓަސްއަށް ވިޔަސް އަދި އެހެން ޓީމަކަށް ވިޔަސް ކަމަށް ގެޓީ ބުނެފައިވެއެވެ.

ގެޓީ ބުނީ މިފަދަ ކުދިކުދި ކަންކަމަށް ޕެނަލްޓީ ދޭން ފެށުމުން ޑިފެންޑަރުންނަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. "މިހާރު މިކަހަލަ ކޮންމެ ކުޑަ އަތްލުމަކަށް ޕެނަލްޓީ ދޭން ފަށައިފިއްޔާ، އަޅުގަނޑުމެން ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހޭނެ،" ގެޓީ ބުނެފައިވެއެވެ.

ސެރީއޭ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސެރިއާގެ ޓޮޕުގައި ނަޕޯލީން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި

ސެރިއާގެ ޓޮޕުގައި ނަޕޯލީން ތިން ޕޮއިންޓުގެ ލީޑެއް

408 ދުވަސް ކުރިން - 08:48

މެކްޓޮމިނޭގެ ރެކޯޑާއެކު ނަޕޯލީ ކުރިއަރާއިރު ޔުނައިޓެޑް ލަދުގަނޭ

މެކްޓޮމިނޭގެ ރެކޯޑާއެކު ނަޕޯލީ ކުރިއަރާއިރު ޔުނައިޓެޑް ލަދުގަނޭ

421 ދުވަސް ކުރިން - 09:18

އިންޓަރ މިލާނާ އެކު 1-1 އިން އެއްވަރުވުމުން "ހިތާމަ" ކުރަން: ކޮންޓޭ

އިންޓަރ މިލާނާ އެކު އެއްވަރުވުމުން ހިތާމަކުރަން: ކޮންޓޭ

465 ދުވަސް ކުރިން - 09:05

އޭސީ މިލާން ބަލިވެ ތާވަލުގެ 8 ވަނައަށް

އޭސީ މިލާން ބަލިވެ ތާވަލުގެ 8 ވަނައަށް

467 ދުވަސް ކުރިން - 10:27

އިންޓަރ މިލާނުން އާޖެންޓީނާގެ ޕެލާސިއޯ ދޫކޮށްލަނީ

އިންޓަރ މިލާނުން އާޖެންޓީނާގެ ޕެލާސިއޯ ދޫކޮށްލަނީ

497 ދުވަސް ކުރިން - 09:46

އިންޓައިން ދެގޯލް ޖަހައިފައި ވަނިކޮށް ފަހަތުން އަރައި 3 ގޯލު ޖަހައި މިލާނުން ތަށި ނަގައިފި

އަޖައިބު ކުރަނިވި ގޮތަކަށް މިލާނުން ތަށި ނަގައިފި

520 ދުވަސް ކުރިން - 03:32