ސެރިއާގެ ޓޮޕުގައި ނަޕޯލީން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި

އުސްތާޛް މުޙައްމަދު ޢަލީ | 2 ދުވަސް ކުރިން - 28 އޭޕްރިލް 2025 08:48
ނަޕޯލީގެ މެކްޓޮމިނޭ: އޭނާ ވަނީ އެންމެ ފަހުން ކުޅުނު 3 މެޗުން 5 ލަނޑު ޖަހާފަ.
ނަޕޯލީގެ މެކްޓޮމިނޭ: އޭނާ ވަނީ އެންމެ ފަހުން ކުޅުނު 3 މެޗުން 5 ލަނޑު ޖަހާފަ.
ޚުލާސާ

މެކްޓޮމިނޭގެ ދެގޯލާއެކު ޓޮރިނޯ ބަލިކުރިއިރު، ލީގުގައި ބާކީ އޮތް ހަތަރު މެޗަށްފަހު ނަޕޯލީއާ އިންޓަމިލާން ޕޮއިންޓުން އެއްވަރުވެއްޖެނަމަ، ޗެމްޕިއަންކަން ނިންމުމަށް އިތުރު މެޗެއް ކުޅެން ޖެހޭނެ.

އިޓަލީގެ ސެރިއާގައި ރޭ ކުޅުނު ނަޕޯލީ އިން ޓޮރިނޯ 2-0 އިން ބަލިކޮށް، ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި ކާމިޔާބީއާއެކު ނަޕޮލީ އަށް މިހާތަނަށް ކުޅުނު 34 މެޗުން 74 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައިވާ އިންޓަރ މިލާނަށް ލިބިފައިވަނީ 71 ޕޮއިންޓެވެ.

ޑިއެގޯ އާމަންޑޯ މެރެޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ނަޕޯލީ އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ވަނީ އެ ޓިމަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.

ނަޕޮލީ އަށް މި ލީޑު ލިބުނީ އިންޓަރ މިލާން އިން ރޯމާ އާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބަލިވުމާއި ގުޅިގެންނެވެ. ލީގުގައި ބާކީ އޮތް ހަތަރު މެޗަށްފަހު ދެ ޓީމު ޕޮއިންޓުން އެއްވަރުވެއްޖެނަމަ، ޗެމްޕިއަންކަން ނިންމުމަށް އިތުރު މެޗެއް ކުޅެންޖެހޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%