ހެޑްކޯޗާއި ނުލައި ނަޕޯލީން ތަށި ނަގައިފި

އުސްތާޛް މުޙައްމަދު ޢަލީ | 24 ދުވަސް ކުރިން - 24 މޭ 2025 10:01
2023 ވަނަ އަހަރު ލީގު ތަށި ނަޕޯލީން އުފުލާލަނީ. މިފަހަރު ވެސް ލީގު ނެގީ ނަޕޯލީން.
2023 ވަނަ އަހަރު ލީގު ތަށި ނަޕޯލީން އުފުލާލަނީ. މިފަހަރު ވެސް ލީގު ނެގީ ނަޕޯލީން.
ޚުލާސާ

މިއީ ނަޕޯލީން ތިން އަހަރުތެރޭ ލީގު ނެގި ދެވަނަ ފަހަރު. މިފަހަރު ލީގުގެ ފަހު މެޗުގައި ނަޕޯލީން ވަނީ 2-0 އިން ކަލިއާރީ ބަލިކޮށްފަ.

ތިން އަހަރު ތެރޭގައި ދެވަނަ ފަހަރަށް ސްކުޑެޓޯ ކާމިޔާބުކޮށްފައިވާ ނަޕޯލީން ކަލިއާރީ ބަލިކޮށް އިޓާލިއަން ލީގު ހަތަރު ވަނަ ފަހަރަށް ހޯދައިފިއެވެ.

މީގެ ކުރިން ނަޕޯލީން މި ތަށި އުފުލައިލީ 1987، 1990 އަދި 2023 ވަނަ އަހަރުގައެވެ.

މެކްޓޮމިނޭ 42 ވަނަ މިނެޓުގައި ކަލިއާރީގެ ގޯލު ފޫއަޅުވާލަނީ.

ސްކޮޓް މެކްޓޮމިނޭއާއި ރޮމެލޫ ލުކާކޫ ޖަހައިދިން ލަނޑުން 2-0 އިން މޮޅުވެ ތަށި ނެގިއިރު ކޯޗު އެންޓޯނިއޯ ކޮންޓޭ ހުރީ އެންމެ ފަހުން ކުޅުނު މެޗުގައި ޕާމާގެ ކޯޗާއި ހިނިގި އަރައިރުމުގައި ހޯދި ރަތްކާޑުގެ ސަބަބުން ސަސްޕެންޝަނުގައެވެ. މީގެ އިތުރުން ސްޓެނިސްލާވް ލޮބޮޓްކާ، އެލެސަންޑްރޯ ބުއޮންޖިއޯނޯ، ޖުއާން ޖީސަސް އަދި ޑޭވިޑް ނެރެސް ވެސް އަނިޔާގެ ސަބަބުން ފިޓެއް ނޫނެވެ.

ކަލިއާރީގެވެސް މުހިންމު ކުޅުންތެރިންތަކެއް ތިބީ އަނިޔާގައެވެ. މިދިޔަ ހަފްތާގައި ވެނެޒިއާ އަތުން 3-0 އިން އެ މީހުން މޮޅުވިއިރު އެލިއާ ކެޕްރިލޭ އާއި ޖިއަންލޫކާ ގައެޓާނޯ އާއި ލިއޮނާޑޯ ޕަވޮލެޓީ އާއި ޒިޓޯ ލުވަމްބޯ އަދި މަޓިއާ ފެލިޗީ އަށް އަނިޔާވި އެވެ. އެހެންކަމުން ނަޕޯލީގެ ކުޅުންތެރިންތައް ހުއްޓުވުން އެމީހުންނަށް ފަސޭހަ ކަމަކަށް ނުވިއެވެ.

ރޮމެލޫ ލުކާކޫގެ ހުއްޓުވުމަށް ކަލިއާރީގެ ޔެރީ މިނާ މަސައްކަތް ކުރަނީ.

ސްޓޭޑިއޯ ޑިއޭގޯ އާމަންޑޯ މަރަޑޯނާގައި ކުޅުނު މެޗުގައި ނަޕޯލީގެ ވާތު ވިންގު ލިއޮނާޑޯ ސްޕިނަޒޯލާ ކައުންޓަރ އެޓޭކެއްގައި ފުރުސަތު ތަނަވަސްކޮށްދިން ނަމަވެސް ބިލީ ގިލްމޯ އަށް ވެސް އަދި މެޓިއޯ ޕޮލިޓާނޯ އަށް ވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ހިފޭ ގޮތެއް ނުވި އެވެ.

ޑިފެންޑަރު އާމިރު ރަހުމާނީ ވެސް 12 ޔާޑުން ފޮނުވައިލި ބޯޅަ ކަލިއާރީގެ އެލެން ޝެރީ ހުއްޓުވިއިރު ލުކާކޫއަށް ލިބުނު އެހެން ފުރުސަތެއް ސެންޓްރަލް ޑިފެންޑަރު ޔެރީ މިނާ ހުއްޓުވިއެވެ.

ނަޕޯލީން މެޗަށް ނުކުތީ އެއްވަރުވިޔަސް ލީގު ގެއްލޭނެ ކަމުގެ ބިރާއި އެކުއެވެ. އޮތް ހަމައެކަނި ޗޮއިސް އަކީ މޮޅުވުމެވެ. ސަބަބަކީ އަނެއްކޮޅުން ކޯމޯގެ މެވުގައި އިންޓަމިލާން މޮޅުވެ، ކަލިއާރީ އަތުން ނަޕޯލީ އަށް އެއްވަރު ވިޔަސް ލީގު ގެއްލޭނެތީއެވެ.

ނަޕޯލީން ލީގު ނިންމައިލީ 38 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަމިލާނަށް 81 ޕޮއިންޓެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%