މެކް ޓޮމިނޭގެ މޮޅު ކުޅުމާއެކު ނަޕޯލީ އެއްވަނައަށް

އުސްތާޛް މުޙައްމަދު ޢަލީ | 116 ދުވަސް ކުރިން - 5 ޖެނުއަރީ 2025 08:21
މެކްޓޮމިނޭ 68 ވަނަ މިނެޓުގައި ބޯޅަ ގޯލަށް ވައްދާލާއިރު ލުކާކޫ ބަލަހައްޓައިގެން. ދެވަނަ ގޯލް ޖެހީ ލުކާކޫ.
މެކްޓޮމިނޭ 68 ވަނަ މިނެޓުގައި ބޯޅަ ގޯލަށް ވައްދާލާއިރު ލުކާކޫ ބަލަހައްޓައިގެން. ދެވަނަ ގޯލް ޖެހީ ލުކާކޫ.
ޚުލާސާ

ސެރީއާގެ ތާވަލުގެ އެންމެ ކުރީގައި މިހާރު ނަޕޯލީ އޮތަސް، އެއް މެޗު މަދުން ކުޅެފައިވާ އެޓަލާންޓާއަށް އަދިވެސް ނަޕޯލީ ފަހަތަށް ޖައްސާލުމުގެ ފުރުސަތު އެބައޮތް.

ރޭ ސްޓޭޑިއޯ އާޓެމިއޯ ފްރާންޗީގައި ފިއޮރެންޓީނާ އަތުން 3-0 އިން މޮޅުވެ، ކޮންޓޭގެ ނަޕޯލީ އިން ސެރީއާގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ނަޕޯލީގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގައި ޑޭވިޑް ނެރެސް އެވެ. މެޗުގެ 29 ވަަނަ މިނިޓްގައި މި ލަނޑު ޖަހަން އޭނާއަށް އެހީތެރިވެދިނީ ލުކާކޫއެވެ.

ދެވަނަ ހާފުގައި ފިއޮރެންޓީނާގެ އެނބުރި އައުމުގެ އުންމީދު ފުނޑުފުނޑުވެގެން ދިޔައީ މަޓިއާސް މޮރެނޯ ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެއް ރޮމެލޫ ލުކާކޫ ލީޑު ފުޅާ ކުރުމުންނެވެ.

މެޗުގެ ފަހުކޮޅު ސްކޮޓް މެކްޓޮމިނޭ ވަނީ މި ސީޒަނުގައި ސެރީއާގައި ޖެހި ހަތަރު ވަނަ ގޯލުން އެ ޓީމަށް 3 ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާ ނަޕޯލީގެ ސްކޮޓް މެކްޓޮމިނޭ އުފާ ފާޅުކުރަނީ

މުޅި މެޗުގައި ފިއޮރެންޓީނާގެ ނުރައްކާތައް މެދުތެރެއިން ހުއްޓުވުމުގައި މެކްޓޮމިނޭ ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ.

ސެރީއާގެ ތާވަލުގެ އެންމެ ކުރީގައި މިހާރު ނަޕޯލީ އޮތަސް، އެއް މެޗު މަދުން ކުޅެފައިވާ އެޓަލާންޓާއަށް އަދިވެސް ނަޕޯލީ ފަހަތަށް ޖައްސާލުމުގެ ފުރުސަތު އެބައޮތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%