އިންޓަރ މިލާނުގެ އާޖެންޓީނާ ޑިފެންޑަރު ތޯމަސް ޕެލާސިއޯ ލޯނު އެއްބަަސްވުމުގެ ދަށުން އެހެން ކްލަބަކަށް ދޫކޮށްލާނެ ކަމަށް ކޯޗު ސިމޯން އިންޒާގީއާއި ކަށަވަރު ކޮށްދީފި ކަމަށް ހަބަރުތައް ބުނެއެވެ.
އިންޒާގީއާއި ހަވާލާދީ އިޓަލީ ނޫސްތަކުން ބުނީ، ޕެލާސިއޯ އާއި ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، ގިނަ ކްލަބުތަކުން ޕެލާސިއޯ އަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
21 އަހަރުގެ ޕެލާސިއޯ އިންޓަރއާ ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް އޭނާއަށް އަދި އިންޓަރގެ ފުރަތަމަ ޓީމުގައި ގަވާއިދުން ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. މިހާރު އޭނާ ލޯނުގައި ދޫކޮށްލުމަށް މޮންޒާއާ މަޝްވަރާކުރަމުންދާ ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.
ޗެމްޕިއަންސް ލީގުގެ 16 ވަނަ ބުރަށް ދިއުމަށް އިންޓަރ އަށް މިވަގުތު އޮތީ މޮނާކޯ އާއި ދެކޮޅަށް ކުޅެން ޖެހޭ މުހިންމު މެޗެވެ. މި މެޗު ކުޅޭނީ މާދަމާރޭ ރާއްޖޭގެ ގަޑިން 9 ޖަހާއިރުގައެވެ.