ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުގައި އިންގްލެންޑުގެ އާސެނަލް އާއި އިޓަލީގެ އިންޓަ މިލާން މޮޅުވެ، މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.
އާސެނަލް މޮޅުވީ ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރެބް އަތުން އަމިއްލަ ދަނޑުގައި 3-0 އިންނެވެ. އިންޓަ މޮޅުވީ ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާހާ އަތުން ރަށުން ބޭރުގައި 1-0 އިންނެވެ.
މި ނަތީޖާތަކާއެކު އާސެނަލް އާއި އިންޓަ އަށް ވެސް ލިބިފައިވަނީ 16 ޕޮއިންޓެވެ. ދެ ޓީމަށް ވެސް ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ކަށަވަރުކުރަންޓަކައި ފަހު މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
އެހެން މުހިންމު ނަތީޖާތަކަށް ބަލާއިރު، އޭސީ މިލާން ވަނީ ޖިރޯނާ 1-0 އިން ބަލިކޮށްފައެވެ. އަދި ފެޔަނޫޑުން ވަނީ ބެޔާން މިއުނިކް 3-0 އިން ބަލިކޮށްފައެވެ.
ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގަ ލިބޭ ޓީމުތަކަށް ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގު މެޗެއް ނޯންނާނެތީވެ، ލީގަށް ފޯކަސްކުރަން ފުރުސަތު ލިބޭނެއެވެ.









