Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރިއަލް މެޑްރިޑުން އެސްޕަނިއޯލް 4-1 އިން ބަލިކޮށް، ބާސާއާއި ކައިރިކޮށްފި

ރިއަލް މެޑްރިޑުން އެސްޕަނިއޯލް 4-1 އިން ބަލިކޮށް، ބާސާއާއި ކައިރިކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
717 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2024 12:42
ރިއަލް މެޑްރިޑުން އެސްޕަނިއޯލް 4-1 އިން ބަލިކޮށް، ބާސާއާއި ކައިރިކޮށްފި
ޚުލާސާ

މެޗުގެ ފުރަތަމަ ހާފު ނިމުނީ މޮޅަށް ކުޅުނު ރިއަލް އަށް ގޯލެއް ނުޖެހި. ދެވަނަ ހާފުގައި ރިއަލްގެ ކީޕަރު އަތުން ބައިކޮލަށް ވަން ގޯލަށްފަހު ރިއާލުން ވަނީ އެސްޕެންޔޯލް ކޮޅަށް 4 ގޯލު ޖަހައިފަ

ރޭ ސަންޓިއާގޯ ބާނަބޭއުގައި އެސްޕަނިއޯލް އަތުން 4-1 އިން މޮޅުވެ ރެއާލް މެޑްރިޑް ވަނީ ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާއާ އެއް ޕޮއިންޓް އަށް ކައިރިއަށް ޖެހިލާފައެވެ. 

ރިއަލް މެޑްރިޑް ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާއާ އެއް ޕޮއިންޓާ ގާތަށް ޖެހިލިއިރު، ބްރެޒިލްގެ ފޯވާޑް ވިނިސިއަސް ޖޫނިއާ ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށްފަހު މޮޅު ކުޅުމެއް ދައްކައި، ގޯލަކާއި އެސިސްޓެއް ހަދާފައެވެ.

ފުރަތަމަ ހާފުގައި އެސްޕަނިއޯލްގެ ކީޕަރު ޖޯން ގާސިއާ ވަނީ ރެއާލްގެ މުހިއްމު އެތައް ސޭވްތަކެއް ކޮށްފައިކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement 1

ފުރަތަމަ ހާފުގައި ރިއަލް މެޑްރިޑަށް އެސްޕެންޔޯލްގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އެސްޕަނިއޯލްއިން ލީޑު ނެގިއެވެ. އެއީ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓޫއާ އަތުން 54ވަނަ މިނެޓުގައި ބައިކޮޅަށް ވަން ގޯލެކެވެ. 

ރިއާލުން އަވަސް ރައްދުތަކެއް ދިންއިރު، އޭގެ ހަތަރު މިނެޓް ފަހުން ވަނީ ގާސިއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ނަތީޖާ ހަމަހަމަކުރި އެވެ. އެއީ 58ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ދިން ހުރަހެއް ޑަނީ ކަރްވަހާލް ގޯލަށް ވައްދައިގެންނެވެ.

މެޗުގެ 75 ވަނަ މިނެޓްގައި ވިނިޝިއަސް ވަނީ ރޮޑްރިގޯއަށް އެސިސްޓެއް ދީ، ރިއަލްއިން 2-1 އިން ލީޑު ނަގައިދީފައެވެ. އޭގެ އިރުކޮޅެއް ފަހުން ވިނިޝިއަސް ވަނީ ކައިލިއަން އެމްބާޕޭ ދިން ޕާހަކުން ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އެމްބާޕޭ ވަނީ މެޗުގެ 90 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންގޯލެއް ޖަހާފައެވެ. 

މި މޮޅާއެކު ރެއާލް މެޑްރިޑް 14 ޕޮއިންޓަށް ކުރިއަރާފައިވާއިރު، ފަސް މެޗުން 15 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. ރިއަލްގެ ދެން ކުޅޭ މެޗަކީ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅޭނެ މެޗެވެ.

ރިއަލް މެޑްރިޑްސްޕެނިޝް ލަލީގާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

12 ގަޑިއިރު ކުރިން - 09:36

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

9 ދުވަސް ކުރިން - 22:27

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

14 ދުވަސް ކުރިން - 13:17

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

44 ދުވަސް ކުރިން - 01:10

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

45 ދުވަސް ކުރިން - 19:01

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

45 ދުވަސް ކުރިން - 14:55

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%