ރޭ ބޭއްވުނު ގުރުއަތުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ 17 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިފި. މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު 25 ގެ ނިޔަލަށް.
705 ދުވަސް ކުރިން - 09:24
އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަންގެ ނައިބު ރައީސްކަމަށް ދިވެހި ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝާން އިންތިޚާބުވެ، އެންމެ ޅަ ނައިބު ރައީސްގެ ރެކޯޑު ހާސިލުކޮށްފި.
705 ދުވަސް ކުރިން - 08:46
މި މުބާރާތް ކުޅެން ހަމަ ޖެހިފައިވަނީ ފީފާއިން ރާއްޖޭގެ ފުޓުބޯޅަ ސްޓޭޑިއަމް އަކަށް ނަންދިން ޕެލޭ ސްޓޭޑިއަމް އ.ދ މަހިބަދޫގަ. އެ ރަށުގައި ފުޓުބޯޅަ އެކަޑަމީއެއް އުފައްދައި ކުޅުންތެރިން ވެސް ދަނީ އުފައްދަމުން
705 ދުވަސް ކުރިން - 07:25
އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖު 2024 އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން ވެމްކޯ ހޯދައިފި. ފައިނަލުގައި ކުޅެފައިވަނީ ފުލުހުންނާ.
706 ދުވަސް ކުރިން - 17:31
ފްރާންސުގެ މިޑްފީލްޑަރު ޕޮގްބާ ޔުވެންޓަސްއާ ވަކިވެއްޖެ.. އޭނާގެ ކޮންޓްރެކްޓް ބާތިލްކުރީ ސަސްޕެންޝަނުގައި ހުންނަން ޖެހުމުން ޓީމުގެ ޕްލޭނުގައި އޭނާ ނުހިމެނޭތީ.
706 ދުވަސް ކުރިން - 11:30
އިންޓަރ މިލާން އާއި އޭސީ މިލާން ގުޅިގެން އައު ސްޓޭޑިއަމެއް އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް އިންޓަރގެ ރައީސް ބެޕެ މޮރާޓާ ހާމަކޮށްފި.
706 ދުވަސް ކުރިން - 10:17
ނޭޝަންސް ލީގުގައި ސްޕެއިނުން ޑެންމާކާ ދެކޮޅަށް 2-1 އިން މޮޅުވެ، ގްރޫޕްގެ އެއްވަނަ ހޯދައިފި. ސްޕެއިން އެންމެ ފަހުން ބަލިވީ މާޗު 22 ގައި ކޮލަމްބިއާ އަތުން އެކުވެރިކަމުގެ މެޗުގައި 0-1 ލަނޑުން..
706 ދުވަސް ކުރިން - 06:45
ނޭޝަންސް ލީގުގައި ރޭ 5-1 ލަނޑުން ޕޮލެންޑު ބަލިކޮށް ޕޯޗުގަލުން ގުރޫޕްގެ އެއްވަނައިގައި ބޮޑު ލީޑެއް ހޯދައިފި. ރޮނާލްޑޯ ދެގޯލު ޖެހިއިރު ލިއާއޯއާއި ބްރޫނޯ ފަނާންޑޭސްއާއި ނެޓޯވެސް ވަނީ ގޯލު ޖަހާފަ.
706 ދުވަސް ކުރިން - 06:45
އިނގިރޭސި ވަގުތީ ކޯޗު ލީ ކާސްލީ ވިދާޅުވީ ގްރީސްއާ ދެކޮޅަށް ހެރީ ކޭންގެ ބަދަލުގައި އޮލީ ވޯޓްކިންސް ކުޅުވުމަކީ ކޭންއަށް ދެރައެއް ނޫން ކަމަށް.
706 ދުވަސް ކުރިން - 06:44
ވޮލީބޯޅަ އެސޯސިއޭޝަނުން މިއަހަރުގެ ނޮވެމްބަރު މަހު އަންހެނުންނަށް ޚާއްޞަކޮށްގެން ބީޗް ވޮލީ ލީގާއި ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމައިފި. މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިހާރުވަނީ ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައި.
708 ދުވަސް ކުރިން - 21:42
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް 24 އަހަރުގެ ނާހިލް އަހްމަދު ސިއްދީގު އައްޔަންކޮށްފި. މިއީ އެފްއޭއެމްގެ އެންމެ ޒުވާން ޖެނެރަލް ސެކްރެޓަރީއެވެ.
708 ދުވަސް ކުރިން - 13:26
ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ރާއްޖެ މޮޅުވެ، (ބަކާ) އަށް ޚާއްޞަކޮށްފި. ސެންޓޭ ޖެހި ލަނޑުން މޮޅުވި މި މެޗަކީ އަހަރެއްފަހުން ޤައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު.
708 ދުވަސް ކުރިން - 13:11