ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް ނާހިލް އަޙްމަދު ޞިއްދީޤް އައްޔަންކޮށްފިއެވެ. މީގެ ކުރިން ނާހިލް ހުންނެވީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މަޤާމުގައެވެ.
އުމުރުން 24 އަހަރުގެ ނާހިލަކީ ކުރިން އެފްއޭއެމްގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެފްއޭއެމްއާ ފުރަތަމަ ގުޅިވަޑައިގަތީ 2017 ވަނަ އަހަރު އިންޓާންއެއްގެ ގޮތުގައެވެ. އަދި 2022 ވަނަ އަހަރު ކޮމްޕެޓިޝަން އޮފިސަރެއްގެ މަޤާމު ފުރުއްވިއެވެ.
ނާހިލް ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޭއެފްސީގެ ފުޓްބޯޅަ މެނޭޖްމަންޓް ސެޓްފިކެޓް ޕްރޮގްރާމެއްވެސް ފުރިހަމަކުރައްވާފައިވެއެވެ.
އެފްއޭއެމްގެ އެންމެ ޒުވާން ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި ނާހިލް ރަސްމީކޮށް މަޤާމާ ހަވާލުވާނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައެވެ. މި މަޤާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ޖައުޝަން ޝަރީފެވެ.









