ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިއަހަރުގެ ނޮވެމްބަރު މަހު އަންހެނުންނަށް ޚާއްޞަކޮށްގެން ބީޗް ވޮލީބޯޅަ މުބާރާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މިގޮތުން ބީޗް ވޮލީބޯޅަ ލީގް 2024 އާއި ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް 2024 ގެ ނަމުގައި ދެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތްތައް ކުރިޔަށްދާނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 އިން 24 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ފޯމު ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.
މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ އީމެއިލް އެޑްރެސް (info@maldivesvolleyball.mv) އަށް މެސެޖް ކުރުމަށް ނުވަތަ ވަޓްސްއެޕް ނަންބަރު (7362146)އަށް ގުޅުމަށް އެސޯސިއޭޝަނުން އަންގާފައިވެއެވެ.
މިފަދަ މުބާރާތްތައް ބޭއްވުމުގެ މަޤްޞަދަކީ ރާއްޖޭގައި އަންހެނުންގެ މެދުގައި ބީޗް ވޮލީބޯޅަ ކުޅުމުގެ ޝައުޤުވެރިކަން އިތުރުކޮށް، މި ކުޅިވަރުގެ ފެންވަރު މަތިކުރުމާއި ޤައުމީ ފެންވަރުގައި ވާދަކުރާނެ ޓީމުތަކެއް އުފެއްދުމަށް މަގުފަހިކުރުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.









