Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސޮފްވާންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ސޮފްވާންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

މުހައްމަދު ޖަމްޝަތު
149 ދުވަސް ކުރިން - 12 ޖެނުއަރީ 2026 19:33
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ސޮފްވާން އަހުމަދު---
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ސޮފްވާން އަހުމަދު---
ޚުލާސާ

ސޮފްވާންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން ވޮލީބޯލް އެސޯސިއޭޝަނުން ވަނީ އޭނާއަށް ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފަ

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހެޑް ކޯޗް ސޮފްވާން އަހުމަދު ކުޅުންތެރިއަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތްލީޓުން ތަމްރީނުކުރުމުގެ ޒިންމާ އޮތް ފަރާތެެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ސޮފްވާންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ވޮލީބޯލް އެސޯސިއޭޝަނުން މިދިޔަ އޮކްޓޯބަރު މަހު ވަނީ އޭނާ ފަސް އަހަރަށް ސަސްޕެންޑުކޮށްފަ އެވެ. އަދި އަންހެން ޓީމުގެ ކޯޗުގެ މަގާމުން ސޮފްވާން ވަަކިކުރުމަށާއި އެ ފަދަ މަގާމަކަށް ކުރިއަށް އޮތް ފަސް އަހަރު ނުނެގުމަށާއި އެ އެސޯސިއޭޝަނުން އިންތިޒާމްކުރާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް ކުރިއަށް އޮތް ފަސް އަހަރު ބައިވެރިނުވެވޭ ގޮތަށް ނިންމުމުގެ އިތުރުން، އެސޯސިއޭޝަންގެ ރެފްރީން ފޮނުވައިގެން ކުރިއަށްދާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް މަސައްކަތް ނުކުރެވޭ ގޮތަށްވެސް ވަނީ ނިންމާފަ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުން ސޮފްވާން ވަކިކުރުމަށް ފަހު، ކުރިއަށް އޮތް ފަސް އަހަރު، އެ އެސޯސިއޭޝަންގެ އިންތިހާބީ އެއްވެސް މަގާމަކަށް ސޮފްވާނަށް ނާދެވޭ ގޮތަށް އަދަބު ދޭންވެސް ވަނީ ނިންމައިފަ އެވެ.

ވޮލީބޯޅަ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޮލީބޯލް އެސޯސިއޭޝަންގެ ރެފްރީސް ކޮމިޝަނަށް އައު މެންބަރުން އައްޔަންކޮށްފި

ވޮލީބޯލް އެސޯސިއޭޝަންގެ ރެފްރީސް ކޮމިޝަނަށް އައު މެންބަރުން

384 ދުވަސް ކުރިން - 13:59

ވޮލީގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ޖަޕާނުން ރާއްޖެ އަންނަނީ

ވޮލީގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ޖަޕާނުން ރާއްޖެއަށް

387 ދުވަސް ކުރިން - 14:04

އެސް.އެން އާއި އެފް.އީ މައިނާ އެމް.އެން.ޔޫ.އެސް.ޔޫ ފިރިހެން ޑިވިޜަނުގެ ފައިނަލަށް

އެސް.އެން އާއި އެފް.އީ ފިރިހެން ޑިވިޜަނުގެ ފައިނަލަށް

420 ދުވަސް ކުރިން - 02:38

މައިނާ އެމް.އެން.ޔޫ.އެސް.ޔޫ ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މިރޭ ފަށަނީ

-އެމް.އެން.ޔޫ.އެސް.ޔޫ ވޮލީ މުބާރާތުގެ ސެމީ މިރޭ ފަށަނީ

421 ދުވަސް ކުރިން - 13:15

ފަހުގެ ޗެމްޕިއަން އެމް.އެން.ޔޫ.ބީ.އެސް އަދި އެސް.އެން ގެ ދެޓީމަށް ރަނގަޅު ފެށުމެއް

އެމް.އެން.ޔޫ.ބީ.އެސް އަދި އެސް.އެން ފެށުން ރަނގަޅުކޮށްފި

426 ދުވަސް ކުރިން - 12:13

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފި

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފަށައިފި

426 ދުވަސް ކުރިން - 11:40