Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަހުގެ ޗެމްޕިއަން އެމް.އެން.ޔޫ.ބީ.އެސް އަދި އެސް.އެން ގެ ދެޓީމަށް ރަނގަޅު ފެށުމެއް

ފަހުގެ ޗެމްޕިއަން އެމް.އެން.ޔޫ.ބީ.އެސް އަދި އެސް.އެން ގެ ދެޓީމަށް ރަނގަޅު ފެށުމެއް

އައިޝަތު އީމާން
426 ދުވަސް ކުރިން - 11 އޭޕްރިލް 2025 12:13
އެމް.އެން.ޔޫ.ބީ.އެސް އަދި ސީ.އެފް.އެސް ބައްދަލުކުރި މެޗު. މި މެޗު ކާމިޔާބުކުރީ އެމް.އެން.ޔޫ.ބީ.އެސް / ފޮޓޯ: ޚުލާސާ
އެމް.އެން.ޔޫ.ބީ.އެސް އަދި ސީ.އެފް.އެސް ބައްދަލުކުރި މެޗު. މި މެޗު ކާމިޔާބުކުރީ އެމް.އެން.ޔޫ.ބީ.އެސް / ފޮޓޯ: ޚުލާސާ
ޚުލާސާ

މުބާރާތުގެ ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފައިވަނީ ފިރިހެން ބައިން އެމް.އެން.ޔޫ.ބީ.އެސް، އެސް.އެން އަދި އަންހެން ބައިން އެސް.އެން. މި މުބާރާތުގައި މިރޭ ޖުމްލަ 8 މެޗު ކުޅޭނެ.

މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ މިއަހަރުގެ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ރޭގެ މެޗުތައް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް)، އަދި ސްކޫލް އޮފް ނަރސިންގ (އެސް.އެން)ގެ ދެ ޓީމުން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފިރިހެން ޑިވިޝަނުގެ މިދިޔަ އަހަރުގެ ޗެމްޕިއަން އެމް.އެން.ޔޫ.ބީ.އެސް އަދި ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25 – 17 އިން އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބުކޮށްފައިވަނިކޮށް، ސީ.އެފް.އެސް އިން ވަނީ ޖެހިގެންއައި ސެޓު 25 – 21 ން ކާމިޔާބުކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބު ކުރީ 15 – 09ގެ ނަތީޖާއަކުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 10 އަހްމަދު ﷲ މުހައްމަދު ސާދާތު އެވެ.

Advertisement

Advertisement 1

އެމް.އެން.ޔޫ.ބީ.އެސް އަދި ސީ.އެފް.އެސް ބައްދަލުކުރި މެޗުގެ ތެރެއިން. / ފޮޓޯ: ޚުލާސާ

މުބާރާތުގައި ދެވަނަ އަށް ކުޅުނީ ފިރިހެން ޑިވިޝަނުގެ އެސް.އެން އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އެވެ. މި މެޗު 25 – 10 އަދި 25 – 19 އިން ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފައިވަނީ އެސް.އެން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.އެން ޓީމުގެ ޖަރޒީ ނަންބަރު 12 އަލީ ގާނިމް އެވެ.

އެސް.އެން އަދި އެފް.އެޗް.އެސް ބައްދަލުކުރި މެޗުގެ ތެރެއިން. / ފޮޓޯ: ޚުލާސާ

ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ އަންހެން ޑިވިޝަނުގެ ތަށި މިދިޔަ އަހަރު މިލްކު ކުރި އެސް.އެން އާއި ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އެވެ. މި މެޗު ސީދާ ދެ ސެޓުން އެސް.އެން އިން ކާމިޔާބުކުރިއިރު، މެޗުގެ ސެޓުތައް ގެންދިޔައީ 25 – 14 އަދި 25 – 04 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އެސް.އެން ޓީމުގެ ޖަރޒީ ނަންބަރު 5 މަރިޔަމް ޝަހާ އެވެ.

އެސް.އެން އަދި ސީ.އެފް.އެސް ބައްދަލުކުރި މެޗުގެ ތެރެއިން. / ފޮޓޯ: ޚުލާސާ

މި މުބާރާތުގައި މިއަދު ވެސް މެޗުތައް އޮންނާނެ އެވެ. އަންހެން ޑިވިޝަންގެ މެޗުތައް މިއަދު މެންދުރު ފަހު 14:00 ގައި ފަށަން ހަމަޖެހިފައިވާއިރު ފިރިހެން ޑިވިޝަންގެ މެޗުތައް ފަށާނީ މިރޭ 20:00 ގައެވެ.

މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިނާ އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގޮތުގައި ވުޑިކޯ، އޭޕެކްސް، އޮބިއޮން އަދި ދިރާގު ހިމެނެ އެވެ. އަދި މި ފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޚުލާސާ އެވެ.

ވޮލީބޯޅައެމް.އެން.ޔޫ.އެސް.ޔޫ ވޮލީބޯޅަ މުބާރާތްދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ސެމިނާއެއް ބާއްވައިފި

ރާއްޖެއާއި އިންޑިއާ ގުޅުމަށް 60 އަހަރު: ސެމިނާއެއް

24 ދުވަސް ކުރިން - 16:48

އެމްއެންޔޫއާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްއެންޔޫއާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

135 ދުވަސް ކުރިން - 23:30

ސޮފްވާންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ސޮފްވާނަށް ތުހުމަތުކުރެވޭ ޖިންސީކުށުގެ މައްސަލަ ފުލުހުން ބަލަނީ

149 ދުވަސް ކުރިން - 19:33

ނައިފަރުގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ތަރައްގީކުރަނީ

ނައިފަރުގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ތަރައްގީކުރަނީ

226 ދުވަސް ކުރިން - 22:29

މަސްވެރިކަމުގެ ދާއިރާގެ ކޯހުގެ މަންހަޖު އެކުލަވާލަނީ

މަސްވެރިކަމުގެ ދާއިރާގެ ކޯހުގެ މަންހަޖު އެކުލަވާލަނީ

265 ދުވަސް ކުރިން - 00:28

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މަތީ ތައުލީމަށް 40 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

ތަރިކަ ދިރާސާކުރުމުގެ ދާއިރާގެ ސްކޮލަޝިޕް ފުރުސަތުތަކެއް!

272 ދުވަސް ކުރިން - 21:49