Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ހުސައިން އިސްމާއިލް
53 ދުވަސް ކުރިން - 2 އޯގަސްޓް 2026 04:15
ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފްވެރިކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް
ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފްވެރިކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަމުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން ކުޅިވަރުގެ ދާއިރާއަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަ ކުރެވޭ.

ރިސޯޓްތަކުގެ މެދުގައި ބޭއްވި ފޯރިގަދަ ވޮލީ މުބާރާތުގެ ފައިނަލް މެޗު، ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ވަން އެންޑް އޮންލީ ރީތި ރަށް މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މި މެޗު ފެއްޓުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ޓްރޮފީ ތަޢާރަފުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ، މެޗުގައި ބައްދަލުކުރި ދެ ޓީމު، ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓާއި ބަނޑޮސް އައިލެންޑް ރިޒޯޓުގެ ކުޅުންތެރިންނާއި މެޗުގެ އޮފިޝަލުންނާ ސަލާމްކުރައްވާފައެވެ.

ފޯރިގަދަ ކުޅުމަކަށް ފަހު، ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ތަށި ދިފާޢުކޮށްފައިވަނީ، ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުގެ ޓީމުންނެވެ.

Advertisement

Advertisement 1

މި މެޗަށް ފަހު ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުނީ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައެވެ. މި މެޗު ބައްލަވާލެއްވުމަށް ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ކުޅިވަރަށް ލޯބިކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މި މުބާރާތަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ވޮލީގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ. މެޗު ނިމުމުން، މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށާއި މޮޅު ކުޅުންތެރިންނަށް މެޑެއްޔާއި ތަށި ބަހައްޓަވައިދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.

މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަމުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން ކުޅިވަރުގެ ދާއިރާއަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެވެއެވެ.

ވޮލީބޯޅަނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

16 ގަޑިއިރު ކުރިން - 11:36

މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވެދިނުމުގެ ފުރިހަމަ ޔަޤީންކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްވައިފި

މޫސުމީކަންކަމުގައި ރާއްޖެއަށް އެހީތެރިވާނެކަމުގެ ޔަޤީންކަން އދ.އިން ދީފި

1 ދުވަސް ކުރިން - 11:50

ފަރެސްމާތޮޑާ ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ފަރެސްމާތޮޑާގެ 3 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

179 ދުވަސް ކުރިން - 22:15

މަޑަވެލީގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

މަޑަވެލީގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށައިފި

179 ދުވަސް ކުރިން - 21:01

އީދަކީ އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހަދަންވާނެ: ރައީސް

އީދަކީ އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހަދަންވާނެ: ރައީސް

188 ދުވަސް ކުރިން - 22:18

ވީއައިއޭގެ ޑޮމެސްޓިކް ހިދުމަތްތައް ޒަމާނީ ޓާމިނަލަކަށް ބަދަލުވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް: ނައިބު ރައީސް

"ޑޮމެސްޓިކް ހިދުމަތްތައް ޒަމާނީ ޓާމިނަލަކަށް ބަދަލުވުމަކީ ބޮޑުކުރިއެރުމެއް"

217 ދުވަސް ކުރިން - 13:47