Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މައިނާ އެމް.އެން.ޔޫ.އެސް.ޔޫ ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މިރޭ ފަށަނީ

މައިނާ އެމް.އެން.ޔޫ.އެސް.ޔޫ ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މިރޭ ފަށަނީ

އައިޝަތު އީމާން
511 ދުވަސް ކުރިން - 16 އޭޕްރިލް 2025 13:15
ސެމީ ފައިނަލުގެ މެޗުތަކުގައި ވާދަކުރާ 4 ޓީމުގެ 4 ކުޅުންތެރިއެއް. / އާޓްވޯކް: ޚުލާސާ
ސެމީ ފައިނަލުގެ މެޗުތަކުގައި ވާދަކުރާ 4 ޓީމުގެ 4 ކުޅުންތެރިއެއް. / އާޓްވޯކް: ޚުލާސާ
ޚުލާސާ

ފިރިހެން ޑިވިޜަން ސެމީ ފައިނަލުގެ ފުރަތަމަ މެޗު މިރޭ 20:15 ގައި ފަށަން ހަމަޖެހިފައިވާއިރު ދެވަނަ މެޗު އޮންނާނީ 22:15 ގައި.

މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2025ގެ ސެމީ ފައިނަލުގެ މެޗުތައް ފިރިހެން ޑިވިޜަންގެ ކުލަބުތަކުގެ މެދުގައި މިރޭ ފަށަން ތައްޔާރުވެފައިވާއިރު އަންހެން ޑިވިޜަން ސެމީ ފައިނަލުގެ މެޗުތައް މާދަމާ ކުޅޭނެއެވެ.

ފޯރިގަދަ މި މުބާރާތުގެ ފިރިހެން ޑިވިޜަނުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް، ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އަދި އެސް.އެން ވާދަކުރާނެއެވެ.

އެސް.އެން އަދި ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) ބައްދަލުކުރާ މެޗު މިރޭ 20:15 ގައި އޮންނާނެ އިރު ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 22:15 ގައެވެ.

Advertisement

Advertisement 1

މުބާރާތުގެ އަންހެން ޑިވިޜަނުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ ސީ.އެފް.އެސް އާއި އެފް.އީ އާއި، އެމް.އެން.ޔޫ ބިޒްނަސް ސްކޫލު އަދި އެސް.އެން އެވެ.

ބުރާސްފަތި ދުވަހުގެ ރެޔަށް ތާވަލު ކުރެވިފައިވާ އަންހެން ޑިވިޜަނުގެ ސެމީ ފައިނަލްގެ މެޗުގެ ފުރަތަމަ ބައްދަލުކުރާނީ އެސް.އެން އަދި އެފް.އީ އެވެ. މި މެޗު 20:00 ގައި ފަށަން ހަމަޖެހިފައިވާއިރު އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އަދި ސީ.އެފް.އެސް މެޗު ފަށާނީ 22:00 ގައެވެ.

މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ މި މަހު 19 ވަނަ ދުވަހުގެ އެވެ. އަންހެން ޑިވިޜަންގެ ފައިނަލް ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި އޮންނާނެ އިރު ފިރިހެން ޑިވިޜަނުގެ ފައިނަލް ތާވަލު ކުރެވިފައިވަނީ އެ ދުވަހުގެ ރޭ 20:00 އަށެވެ.

މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިނާ އެވެ. މީގެ އިތުރުން ވުޑިކޯ، އޭޕެކްސް، އޮބިއޮން އަދި ދިރާގު ސްޕޮންސަރުންގެ ތެރޭގައި ހިމެނެ އެވެ. މި ފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޚުލާސާ އެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ވޮލީބޯޅަ މުބާރާތްދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ވޮލީބޯޅަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

38 ދުވަސް ކުރިން - 04:15

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

41 ދުވަސް ކުރިން - 09:44

އެމްއެންޔޫގައި ހިމަބިހި ކޮންޓްރޯލްކުރުމުގެ ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފި

އެމްއެންޔޫގައި ހިމަބިހި ކޮންޓްރޯލްކުރުމުގެ ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފި

66 ދުވަސް ކުރިން - 19:32

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ސެމިނާއެއް ބާއްވައިފި

ރާއްޖެއާއި އިންޑިއާ ގުޅުމަށް 60 އަހަރު: ސެމިނާއެއް

114 ދުވަސް ކުރިން - 16:48

އެމްއެންޔޫއާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްއެންޔޫއާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

226 ދުވަސް ކުރިން - 23:30

ސޮފްވާންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ސޮފްވާނަށް ތުހުމަތުކުރެވޭ ޖިންސީކުށުގެ މައްސަލަ ފުލުހުން ބަލަނީ

240 ދުވަސް ކުރިން - 19:33