އިންޓަރ އާއި އޭސީ މިލާން ގުޅިގެން އައު ސްޓޭޑިއަމެއް އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް އިންޓަރ މިލާންގެ ރައީސް މޮރާޓާ ރޭ ބުނެފިއެވެ. މިލާން މިއުނިސިޕަލިޓީއާއެކު ފަހުން ބޭއްވުނު ބައްދަލުވުންތަކަށްފަހު މޮރާޓާ ބުނީ ސެން ސީރޯ ސަރަޙައްދުގައި އައު ސްޓޭޑިއަމެއް އެޅުމަށް ދެ ކުލަބުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ސެންސީރޯ ސްޓޭޑިއަމް
ރޭ ބޭއްވުނު ހަފްލާއެއްގައި ވާހަކަދައްކަވަމުން މޮރާޓާ ބުނީ، އިޓަލީގެ ބިއުރޮކްރަސީގެ ސަބަބުން މިފަދަ މަޝްރޫޢުތައް ލަސްވަމުންދާ ކަމަށެވެ. އޭނާ ބުނީ މިއީ ވަރަށް ސީރިއަސް އަދި ނާޒުކު މައްސަލައެއް ކަމަށެވެ.
އިންޓަރ އާއި މިލާން ދެ ކުލަބުން ވެސް އަމިއްލަ ސްޓޭޑިއަމެއް އެޅުމަށް އެކި ސަރަޙައްދުތައް ފާހަގަކޮށްފައިވީ ނަމަވެސް، އަދި އެއްވެސް ކުލަބަކުން އެކަމާ ގުޅޭ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.









