އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖު 2024 ގެ އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދައިފިއެވެ.
ސީދާ 3-1 ސެޓުން ވެމްކޯއިން ޗެމްޕިއަންކަން ހޯދާފައިވާއިރު, ފައިނަލުގައި ވެމްކޯއިން ވާދަކޮށްފައިވަނީ ފުލުހުންނާއެވެ.
ހުޅުމާލޭ ފޭސް އެކެއްގެ އެޗްޑީސީ ކޯޓުގައި ކުޅެވުނު މި ފޯރިގަދަ މެޗު ފަށައި, ފުރަތަމަ ސެޓު ގެންގޮސްފައިވަނީ ފުލުހުންނެވެ. ނަމަވެސް ދެން އައި ތިން ސެޓު ކާމިޔާބުކުރީ ވެމްކޯއެވެ.
ވެމްކޯ ދެ ކުޅުންތެރިން ޑްރީމް ޓީމުގައި ހެމިނެފައިވެއެވެ. އެގޮތުން ޖޫޒާން ޒަރީރަށް އެންމެ މޮޅު ސެޓަރުކަން އަދި އެންމެ އައުޓްސައިޑް އެޓޭކަރުގެ މަގާމު އައިޝަތު މާޖިދާ(މާޖީ) އަށް ވަނީ ލިބިފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ވެމްކޯގެ ޖޫޒާންއެވެ.
މި މުބާރާތުގެ އެއްވެސް މެޗަކުން ބަލި ނުވެ އައި ވެމްކޯއިން ވަނީ މިދިޔަ ވީއެމް ކަޕުގެ ވެސް ފައިނަލުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފަައެވެ.









