މާލެ ސިޓީ މޮޅުވީ 1-0 ލަނޑުން. މިއާއެކު ކުރެންދޫނކަޓައިގެން ދިޔައިރު މާލެ ސިޓީ އާއި އަލިފުށީގެ އިތުރުން، ޅ. ނައިފަރާއި ކ. ގުރައިދޫ ވަނީ ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފަ.
679 ދުވަސް ކުރިން - 08:04
ގާޑިއޯލާ މިހާރުގެ ކޮންޓްރެކްޓު މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހު. ރިޓަޔަރ ކުރާނެ ކަމަށް ބުނެ ވާހަކަ ދެކެވޭއިރު، ސިޓީގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ރޭ އޭނާ ބުނި.
680 ދުވަސް ކުރިން - 12:02
އާސެނަލުން މޮނާކޯ ބަލިކުރީ 3-0 ލަނޑުން. ބާސާއިން ޑޯޓްމުންޑް ބަލިކުރީ 3-2 ގެ ނަތީޖާއިން. ސިޓީ އަށް ޔުވެމްޓަސްގެ އަތުން ދެރަ ލިބުނީ 0-2 ލަނޑުން.
680 ދުވަސް ކުރިން - 09:29
ދިއްދޫއިން 2-0 ލަނޑުން މާފުށި ބަލިކުރުމުން މިހާރު ތާވަލުގެ އެއްވަނައިގައި އޮތް ދިއްދޫ އާއި ދެވަނައިގައި އޮތް މާފުއްޓަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް އޭދަފުއްޓަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވޭ.
680 ދުވަސް ކުރިން - 01:54
ލިވަޕޫލުން ޖިރޯނާ ބަލިކޮށް ޗެމްޕިއަންސް ލީގުގައި ހަވަނަ މެޗުންވެސް މޮޅުވިއިރު މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ ޕެނަލްޓީއަކުން ސަލާހް.
681 ދުވަސް ކުރިން - 09:26
ޗެމްޕިއަންސް ލީގުގައި އެޓަލާންޓާ އަތުން 3-2 އިން މޮޅުވިއިރު އެމްބާޕޭ ވަނީ އޭނާގެ 50 ވަނަ ޗެމްޕިއަންސް ލީގު ލަނޑު ޖަހާ ތާރީޚު ލިޔެފަ. މި މޮޅުވުމާއެކު ރެއާލް ތާވަލުގެ 18 ވަނައަށް އަރައިފި.
681 ދުވަސް ކުރިން - 08:58
އަލިފުށި ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ކުރެންދޫ އަތުން 1-0 އިން މޮޅުވެއްޖެ. އަޙްމަދު ހުޝާމް ޖެހި ލަނޑުން އަލިފުށި ކުއާޓަރ ފައިނަލްއާ ކައިރިވިއިރު ދެން އޮތީ މާލެއާ ކުޅޭ މެޗު.
681 ދުވަސް ކުރިން - 08:47
އޮކްޓޯބަރުން ފެށިގެން އަނިޔާގައިހުރި ލިވަޕޫލްގެ ގޯލްކީޕަރު ބްރެޒިލްގެ އަލިސަން އަނބުރާ އައިސް މިރޭ ޗެމްޕިއަންސް ލީގުގައި. ގިރޯނާއާ ކުޅޭ މެޗުގައި ފެނުމުގެ ފުރުސަތު އެބައޮތް.
682 ދުވަސް ކުރިން - 09:38
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި މާފުށި 2-0 ލަނޑުން ރޭ އޭދަފުށި ބަލިކުރިއިރު، އިއްޔެ ހަވީރު ފުވައްމުލަކާއި ތިމަރަފުށި އެއްވަރުވީ 1-1 ގެ ނަތީޖާއިން.
682 ދުވަސް ކުރިން - 08:21
މާފުށިން ދެވަނަ ބުރަށް އައީ ގްރޫޕްގެ ތިންވަނައިގެ ގޮތުގައި. އެއީ އެ ގުރޫޕްގެ އެއްވަނަ އަލިފުށި ބަލިކޮށްގެން.
683 ދުވަސް ކުރިން - 13:37
ޕްރިމިއާ ލީގުގައި ކުޅުނު ފޯރިގަދަ މެޗުގައި ޗެލްސީން ޓޮޓެންހަމް އަތުން 4-3 އިން މޮޅުވެ، ރެކޯޑް މުގުރާލި ޕެނަލްޓީތަކުން ލީޑު ނަގައިފި.
683 ދުވަސް ކުރިން - 09:19
އިއްޔެގެ ފަރިތަކުރުންތަކުގައި ބްރެޒިލްގެ މިޑްފިލްޑަފު ބައިވެރިވެފައިވާތީވެ، ޗެމްޕިއަންސް ލީގުގެ މެވުގައި ބުދަދުވަހު ސިޓީއާއި ދެކޮޅަށް އޭނާއަށް ކުޅެން އަރާފާނެ ކަމަށް ރިޕޯޓުތައް ބުނޭ.
683 ދުވަސް ކުރިން - 23:09