ކުރެންދޫ ކަޓުވާލައި މާލެ ސިޓީ ކުއާޓާއަށް

އުސްތާޛް މުޙައްމަދު ޢަލީ | 311 ދުވަސް ކުރިން - 13 ޑިސެންބަރު 2024 08:04
ޚުލާސާ

މާލެ ސިޓީ މޮޅުވީ 1-0 ލަނޑުން. މިއާއެކު ކުރެންދޫނކަޓައިގެން ދިޔައިރު މާލެ ސިޓީ އާއި އަލިފުށީގެ އިތުރުން، ޅ. ނައިފަރާއި ކ. ގުރައިދޫ ވަނީ ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފަ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުގައި ޅ. ކުރެންދޫ އާ ކުރިމަތިލައި، މާލެ ސިޓީ ކުއާޓާގެ ޖާގަ ހޯދައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ވާދަވެރި މި މެޗު މާލެ ސިޓީން ވަނީ 1-0 ގެ ނަތީޖާއަކުން ކުރެންދޫ ބަލިކޮށް އެ ޓީމު ކަޓުވާލާފައެވެ.

މި ކާމިޔާބީއާ އެކު، މާލެ ސިޓީ އަށް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދޮރު ހުޅުވިފައެވެ. އަދި މި ނަތީޖާގެ ސަބަބުން، ގްރޫޕް އެޗްގައި ހިމެނޭ ރ. އަލިފުއްޓަށްވެސް ވަނީ ކުއާޓާގެ ޖާގަ ކަށަވަރުވެފައެވެ. މާލެ ސިޓީ އަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ނަމަވެސް، ކުރެންދޫ ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެ، މުބާރާތުން ވަކިވެފައެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މާލެ ސިޓީގެ ކުޅުންތެރިން ވަނީ ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައި ފޮނި މީރުކަން ދައްކާލާފައެވެ. މުޙައްމަދު ޔަޒްދާން ހުސައިން ވަނީ އަޙްމަދު މާއިޝް ރަޝީދު ތަނަވަސްކޮށްދިން ފުރުސަތަކުން ގޯލު ޖަހައި، މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ.

މިހާތަނަށް މުބާރާތުގެ ކުއާޓާގެ ޖާގަތައް ހޯދާފައިވާ ޓީމުތަކުގެ ތެރޭގައި މާލެ ސިޓީ އާއި އަލިފުށީގެ އިތުރުން، ޅ. ނައިފަރާއި ކ. ގުރައިދޫ ހިމެނެއެވެ. މުބާރާތުގެ ދެވަނަ ބުރުގައި 12 ޓީމު ވާދަކުރާއިރު، މި ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލެވިފައެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭއިރު، އެ ގްރޫޕުތަކުން އެންމެ ކުރީގައި ނިންމާ ދެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ލިބިގެންދާނެކަން ކަށަވަރެވެ.          

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%