ދެވަނަ ބުރުގައި ކުރެންދޫ އަތުން އަލިފުށި މޮޅުވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 313 ދުވަސް ކުރިން - 11 ޑިސެންބަރު 2024 08:47
އަލިފުށީގެ ހުޝާމް / ފޮޓޯ: މިހާރު
އަލިފުށީގެ ހުޝާމް / ފޮޓޯ: މިހާރު
ޚުލާސާ

އަލިފުށި ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ކުރެންދޫ އަތުން 1-0 އިން މޮޅުވެއްޖެ. އަޙްމަދު ހުޝާމް ޖެހި ލަނޑުން އަލިފުށި ކުއާޓަރ ފައިނަލްއާ ކައިރިވިއިރު ދެން އޮތީ މާލެއާ ކުޅޭ މެޗު.

މިހާރު ކުރިޔަށްދާ ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި، އަލިފުށިން ޅ. ކުރެންދޫ 1-0 އިން ބަލިކޮށް. ކުއާޓަރ ފައިނަލާއި ކައިރި ކޮށްފިއެވެ..

މެޗުގެ ހަމައެކަނި ލަނޑު ޖެހީ އަލިފުށީގެ އަޙްމަދު ހުޝާމްއެވެ. ހުސައިން ނިހާން (ނިހާޓް) ދިން ބޯޅައަކުން ހުޝާމް ވަނީ ކުރެންދޫގެ ދެ ޑިފެންޑަރަކާއި ކީޕަރު ކައިރިން ނައްޓާލުމަށްފަހު 63 ވަނަ މިނެޓްގައި ލަނޑު ޖަހާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކުރެންދޫގެ ކީޕަރު ސޫޖަން ޕެރޭރާ ވަނީ އަލިފުށީގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައި ކަން ފާހަގަ ކުރެވުނެވެ..

ދެވަނަ ބުރުގައި އަލިފުށި އަދި ކުރެންދޫ ހިމެނޭ ގްރޫޕްގައި ދެން އޮތީ މާލެއެވެ. މާލެއިން އަދި މެޗެއް ކުޅެފައެއް ނުވެއެވެ. ކޮންމެ ޓީމަކުންވެސް މި ބުރުގައި ދެ މެޗު ކުޅޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%