ނައިންޓީ ޕްލަސް ގޯލްޑް ކަޕުގެ ދެވަމަ ބުރުގައި މިރޭ ކ. މާފުށި ޓީމާއި އޭދަފުށި ނުކުންނާނެއެވެ.

ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ދެވަނަބުރަށް ދަތުރުކޮށްފައިވާ އަލިފުށި ބަލިކޮށް މާފުށިން ޖާގަ ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. އެއްވަނައިގައި އޮތް އަލިފުށީގެ ޓީމާއި ދެވަނައިގައި އޮތް ޅ. ނައިފަރަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އަލިފުށިން ކުރި ހޯދީ ލަނޑުގެ ތަފާތުންނެވެ. އަދި ތިންވަނަ ހޯދި މާފުށިން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލަށްދިޔަ ބ. ކެންދުއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އޭދަފުށީ ޓީމުގެ އޮފިޝަލް ވިދާޅުވީ މިރޭގެ މެޗުގައި ނިޝާމް ނުވަތަ ޕޮގް ފެމިދާނެއެވެ، "އީގަލްސް އިން ވަނީ ރިލީޒް ފީ ކުޑަކޮށް ދީފައި. ދެވަނަ ބުރުގައި އިރާދަކުރެއްވިއްޔާ ނިޝާމް އޭދަފުށީ ޓީމުން ފެންނާނެ. މިހާރު އޭނާ އޭދަފުށީ ޓީމުގެ ޕްރެކްޓިހުގައި ވެސް ބައިވެރިވޭ."