ޕާލްމާގެ ޕެނަލްޓީތަކުން ޓޮޓެންހަމް ބަލިކޮށް ޗެލްސީއިން ލިވަޕޫލާއި 4 ޕޮއިންޓު ކައިރިޔަށް

އުސްތާޛް މުޙައްމަދު ޢަލީ | 143 ދުވަސް ކުރިން - 9 ޑިސެންބަރު 2024 09:19
ކޯލް ޕާމާ
ކޯލް ޕާމާ
ޚުލާސާ

ޕްރިމިއާ ލީގުގައި ކުޅުނު ފޯރިގަދަ މެޗުގައި ޗެލްސީން ޓޮޓެންހަމް އަތުން 4-3 އިން މޮޅުވެ، ރެކޯޑް މުގުރާލި ޕެނަލްޓީތަކުން ލީޑު ނަގައިފި.

ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ޗެލްސީން ފަހަތުން އަރައި މޮޅުވެއްޖެއެވެ.

ރޭ ކުޅުނު ޕްރިމިއަރ ލީގުގެ މެޗުގެ ފުރަތަމަ 11 މިނެޓުގެ ތެރޭގައި ދެ ގޯލްގެ ނަތީޖާއަކުން ޗެލްސީ ބަލިވެފައި އޮތަސް، މެޗު ނިމުނީ 4-3 ލަނޑުން ޗެލްސީ މޮޅުވެގެންނެވެ.

ސްޕާސް އަތުން ލިބުނު މި މޮޅާއެކު ބްލޫސް އަށް ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ހަތަރު ޕޮއިންޓު ކައިރިއަށް ޖެހުނީއެވެ.

ޓޮޓެންހަމް އިން މޮޅު ކުޅުމެއް ދެއްކިއިރު، ޑޮމިނިކް ސޮލާންކޭ އާއި ޑެޖަން ކުލޫސެވްސްކީ ވަނީ މެޗުގެ ކުރީކޮޅު 2-0 އިން ލީޑު ނަގާފައެވެ. ނަމަވެސް 17 ވަނަ މިނެޓުގައި ފެނިގެންދިޔައީ ޗެލްސީގެ ސަންޗޯ ގޯލެއް ޖެހިތަނެވެ. ފުރަތަމަ ހާފު 2-1 ގައި އޮތަސް ދެވަނަ ހާފު ފަށައިގެން ވިހި މިނެޓް ނުވަނީސް ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކުރިއެވެ. މި ގޯލު ޖެހީ 61 ވަނަ މިނެޓުގައި ޕާލްމާ އެވެ. އޭގެފަހުން ފާނާންޑޭޒް ވަނީ 73 ވަނަ މިނެޓުގައި ގޯލެއް ޖަހައި ލީޑު ނަގާފައެވެ. މިހެން އޮއްވައި މެޗުގެ 84 ވަނަ މިނެޓުގައި އަނެއްކާވެސް ޗެލްސީން ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑުކުރިއެވެ. މިއީ ވެސް ޕެނަލްޓީއަކުން ޕާލްމާ ޖެހި ގޯލެކެވެ. އެއަށްފަހު ޓޮޓެންހަމްގެ ސޮން ވަނީ އިތުރުމިނެޓުގައި ގޯލެއް ޖަހާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%