އެމްބާޕޭގެ ތާރީޚީ ލަނޑާއެކު މެޑްރިޑުން އެޓްލާންޓާ ބަލިކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 355 ދުވަސް ކުރިން - 11 ޑިސެންބަރު 2024 08:58
ޚުލާސާ

ޗެމްޕިއަންސް ލީގުގައި އެޓަލާންޓާ އަތުން 3-2 އިން މޮޅުވިއިރު އެމްބާޕޭ ވަނީ އޭނާގެ 50 ވަނަ ޗެމްޕިއަންސް ލީގު ލަނޑު ޖަހާ ތާރީޚު ލިޔެފަ. މި މޮޅުވުމާއެކު ރެއާލް ތާވަލުގެ 18 ވަނައަށް އަރައިފި.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރިއާލް މެޑްރިޑުން އެޓަލާންޓާ ބަލިކޮށްފިއެވެ.

3-2 އިން އެޓްލާންޓާ ބަލިވިއިރު މި މެޗުގައި ސުޕަރސްޓާރ ކިލިއަން އެމްބާޕޭ ވަނީ އޭނާގެ ކެރިއަރުގެ 50 ވަނަ ޗެމްޕިއަންސް ލީގު ލަނޑު ޖަހައި ތާރީޚު ލިޔެފައެވެ.

މެޗުގެ 10 ވަނަ މިނެޓުގައި އެމްބާޕޭ ޖެހި ލަނޑުން ރިއަލް ލީޑު ނެގިއިރު މި ލަނޑަކީ ޒުވާން އުމުރުގައި އެމްބާޕޭ ހޯދި ބޮޑު ކާމިޔާބީއެކެވެ.

އެމްބާޕޭގެ ލަނޑުން ފެށުނު ކާމިޔާބީގެ ދަތުރުގައި މެޑްރިޑްގެ ވިނީޝިއަސް ޖޫނިއަރ އާއި ޖޫޑް ބެލިންހަމް ވެސް ލަނޑު ޖެހިއެވެ. އެޓަލާންޓާގެ ލަނޑު ޖެހީ ޗާލްސް ޑި ކެޓެލެއާރ އާއި އަޑެމޯލާ ލޫކްމަންއެވެ.

މެޗު ވާދަވެރިވި ނަމަވެސް، އެމްބާޕޭގެ ހުނަރުވެރި ކުޅުމާއި މެޑްރިޑްގެ ވަރުގަދަ ޑިފެންސްގެ ސަބަބުން އެޓަލާންޓާއަށް މެޗުގެ ނަތީޖާ ބަދަލެއް ނުކުރެވުނެވެ.

މި މޮޅުވުމާއެކު، ރިއަލް މެޑްރިޑް މިހާރު ވަނީ ނުވަ ޕޮއިންޓާއެކު ތާވަލުގެ 18 ވަނައަށް އަރާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%