Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އާސެނަލް، ބާސާ، މޮޅުވިއިރު ޔުވެންޓަސްއިން ސިޓީ ބަލިކޮށްފި

އާސެނަލް، ބާސާ، މޮޅުވިއިރު ޔުވެންޓަސްއިން ސިޓީ ބަލިކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
546 ދުވަސް ކުރިން - 12 ޑިސެންބަރު 2024 09:29
އާސެނަލް، ބާސާ، މޮޅުވިއިރު ޔުވެންޓަސްއިން ސިޓީ ބަލިކޮށްފި
ޚުލާސާ

އާސެނަލުން މޮނާކޯ ބަލިކުރީ 3-0 ލަނޑުން. ބާސާއިން ޑޯޓްމުންޑް ބަލިކުރީ 3-2 ގެ ނަތީޖާއިން. ސިޓީ އަށް ޔުވެމްޓަސްގެ އަތުން ދެރަ ލިބުނީ 0-2 ލަނޑުން.

ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުގައި އާސެނަލް، ބާސެލޯނާ އަދި ޔުވެންޓަސް އިން ވަނީ އުފާވެރި ނަތީޖާތަކެއް ހޯދާފައެވެ.

އިނގިރޭސި ކްލަބް އާސެނަލް އިން އެމިރޭޓްސް ސްޓޭޑިއަމްގައި ފްރާންސްގެ މޮނާކޯ އާ ދެކޮޅަށް ކުޅުނު މެޗުގައި 3-0 އިން މޮޅުވިއިރު، މި މެޗުގައި ބުކާޔޯ ސަކާ ދެ ލަނޑު ޖެހިއެވެ. އަނެއް ގޯލު ޖަހައިދިނީ ކައި ހަވާޓްޒްއެވެ.

ސްޕެއިންގެ ބާސެލޯނާ މޮޅުވީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އާ ދެކޮޅަށް 3-2 ގެ ނަތީޖާއިންނެވެ.. ބާސާގެ ފެރާން ޓޮރޭޒް ދެ ލަނޑު ޖެހިއިރު، ފުރަތަމަ ގޯލު ޖަހައިދިނީ ރަފީނިއާ އެވެ. ޑޯޓްމަންޑްގެ ދެ ލަނޑު ވެސް ޖެހީ ސޭހޫ ގިރާސީ އެވެ.

Advertisement

Advertisement 1

އިޓަލީގެ ޔުވެންޓަސް އިން އަލިއާންޒް އެރީނާގައި އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީ 2-0 އިން ބަލިކުރިއިރު. ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖެހީ ކެޕްޓަން ޑޫސާން ވްލާހޮވިޗް އެވެ. އޭނާ ބޮލުން ޖެހި ބޯޅަ ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރާއެސްއައަތުން ދޫވެގެން ގޯލަށް ވަނެވެ. ދެވަނަ ލަނޑު ޖެހީ ވެސްޓެން މެކްކެނީ އެވެ. އޭނާ އެކްރޮބެޓިކް ގޮތަކަށް ޖެހި ވަރުގަދަ ޝޮޓަކުން ސިޓީގެ ދަނޑި ތަޅާލިއެވެ.

މި ވަގުތު ޗެމްޕިއަންސް ލީގުގެ ޕޮއިންޓް ތާވަލުގައި އެއްވަނައިގައި އޮތީ ހުރިހާ މެޗަކުން މޮޅުވެ 18 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ. ދެވަނައިގައި އޮތީ 15 ޕޮއިންޓާއެކު ބާސެލޯނާ އެވެ.ޯނާ އެވެ. އާސެނަލް ވަނީ 13 ޕޮއިންޓާއެކު ތިންވަނައަށް އަރާފައެވެ. ޔުވެންޓަސް އޮތީ ޓަސް އޮތީ 11 ޕޮއިންޓާއެކު 14 ވަނައިގައެވެ. އަދި މެންޗެސްޓަރ ސިޓީ އޮތީ އަށް ޕޮއިންޓާއެކު 22 ވަނައިގައެވެ.

މެންޗެސްޓަރ ސިޓީޗެމްޕިއަންސް ލީގުއާސެނަލްބާސެލޯނާޔުވެންޓަސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

10 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

11 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

12 ދުވަސް ކުރިން - 14:46

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

17 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

17 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

19 ދުވަސް ކުރިން - 23:13