ފަހުގެ ތާރީހުގައި ބްރެޒިލަށް ލިބުނު އެންމެ ބޮޑު ހިތްދަތި ކަމަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެ ގައުމު ޖަރުމަނު އަތުން 1-7 އިން ބަލިވުން. މިރޭ ޖަރުމަން މިވަނީ ހަމަ އެ ނަތީޖާ ކިއުރަސާއޯ ދެކޮޅަށް ތަކުރާރުކޮށްފައި.
127 ދުވަސް ކުރިން - 00:03
މި މެޗުގައި ގޯލުތައް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައި. ފުރަތަމަ ގޯލު ޖެހީ މޮރޮކޯއިން. މި މެޗުގައި މޮރޮކޯގެ ފަރާތުން ވަނީ އާދަޔާހިލާފު މޮޅު ކުޅުމެއް ފެނިފަ. ގްރޫޕުގެ އެއްވަނަ ހޯދުމަށް ބްރެޒިލަށް މިވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ.
127 ދުވަސް ކުރިން - 05:05
މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ސުވިޒާލޭންޑުން. މެޗުގެ 94 ވަނަ މިނެޓުގައި ގަތަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ބޫލަމް ހޫކީ.
128 ދުވަސް ކުރިން - 02:13
މި ވައްކަން ހިނގާފައިވަނީ އަންނަ ބުދަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ތައްޔާރުވުމުގެ މަސައްކަތް ޓީމުން ފަށާފައިވަނިކޮށް. ވަގަށް ނެގި ސާމާނުތަކުގެ ތެރޭގައި ޓީމުން ތަމްރީނުތަކުގައި ބޭނުންކުރާ ބޯޅަތަކާއި ބޫޓުތައް ހިމެނޭ.
128 ދުވަސް ކުރިން - 20:22
ވަގަށް ނެގި ސާމާނުތަކުގެ ތެރޭގައި ޓީމުން ތަމްރީނުތަކުގައި ބޭނުންކުރާ ބޯޅަތަކާއި ބޫޓުތައް ހިމެނޭ. މި ހާދިސާ ހިނގާފައިވަނީ ފްލޮރިޑާގައި އޮތް ޕްރީ-ޓޯނަމަންޓް ކޭމްޕް ނިންމާލުމަށްފަހު، ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 'ސްވޯޕް ސޮކަރ ވިލެޖް' އަށް ސާމާނުތައް ބަދަލުކުރަނިކޮށް.
128 ދުވަސް ކުރިން - 14:08
އަންނަ ހަފުތާގައި ސްކޮޑާއެކު ފަރިތަކުރުންތައް ފަށާނެ ކަމަށް އަންޗެލޮޓީ ބުނި. ނަމަވެސް، ޖޫން 20 ގައި ހައިޓީއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗަށް އޭނާ ފިޓްވާނެ ކަމާމެދު ވަނީ ޝައްކު އުފެދިފަ. ބްރެޒިލްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އޮންނާނީ ޖޫން 24 ގައި ސްކޮޓްލޭންޑާ ދެކޮޅަށް.
128 ދުވަސް ކުރިން - 12:30
މި މެޗު އެމެރިކާއިން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއިން. ފުރަތަމަ ހާފުގައި ތިން ގޯލު އެމެރިކާއިން ޖަހާފައިވާއިރު ފަހު ގޯލު ޖެހީ މެޗު ނިމެން ކައިރިވެފައިވަނިކޮށް. ޕެރެގުއޭގެ ހަމައެކަނި ގޯލު ޖަހާފައިވަނީ 74 ވަނަ މިނެޓުގައި.
128 ދުވަސް ކުރިން - 11:14
މީގެ ކުރިން ވޯލްޑް ކަޕުގައި ކުޅުނު ހަ މެޗުން ވެސް ކެނެޑާ ވަނީ ބަލިވެފަ. މިއީ އެގައުމަށް ވޯލްޑް ކަޕުގެ ތާރީހުގައި ވެސް ލިބުނު ފުރަތަމަ ޕޮއިންޓް. ކެނެޑާއިން މެޗު އެއްވަރުކުރީ ބޮސްނިއާއިން މެޗުގެ ކުރީކޮޅުގައި ލީޑު ނަގާފައިވަނިކޮށް ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި.
128 ދުވަސް ކުރިން - 10:59
ދެކުނު ކޮރެއާއިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިން. މެޗުގައި ފުރަތަމަ ގޯލު ޖެހީ ޗެކް ރިޕަބްލިކުން. މި ގްރޫޕުގެ އެއްވަނައިގައި އޮތީ މެކްސިކޯ. ދެވަނައިގައި ދެކުނު ކޮރެއާ އޮތްއިރު ތިން ވަނައިގައި އޮތީ ޗެކް. އަދި ހަތަރު ވަނައިގައި އޮތީ ސައުތު އެފްރިކާ.
129 ދުވަސް ކުރިން - 13:28
2-0 އިން މި މެޗު މެކްސިކޯއިން ކާމިޔާބުކުރި އިރު ގޯލުތައް ޖަހާފައިވަނީ ހޫލިއާން ކީނޯނޭސްގެ އިތުރުން ރައުލް ހިމެނޭޒް. މި މެޗުގައި ޖުމްލަ ތިން ރަތްކާޑު ފެނިގެންދިޔަ. މިއީ ވޯލްޑް ކަޕު ހުޅުވާ މެޗެއްގައި މެކްސިކޯއަށް ލިބުނު ފުރަތަމަ މޮޅު.
129 ދުވަސް ކުރިން - 02:22
ގްރޫޕް ސްޓޭޖުގެ އެންމެ އަގުބޮޑު މެޗަކީ ކޮލަމްބިއާ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު. ޖޫން 27 ވަނަ ދުވަހު ކުޅޭ މި މެޗުގެ ޓިކެޓެއްގެ އަގު އުޅެނީ 2،200 ޑޮލަރަށްވުރެ މަތީގަ. ދެން އެންމެ ފާހަގަކޮށްލެވޭ މެޗަކީ ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރާ މެޗު.
130 ދުވަސް ކުރިން - 19:58
ލީގުގައި ބައިވެރިވާ ފަރާތްތަކުން ޝަރުތު ފުރިހަމަކުރުމަށްޓަކައި ޚުލާސާގެ އިންސްޓަގްރާމް އެކައުންޓަށް ފޮލޯކުރުމާއެކު، ފެންޓަސީ ލީގާ ގުޅޭ ޕޯސްޓު އިންސްޓަގްރާމް ސްޓޯރީއަށް ލައި، ޚުލާސާ ޓެގް ކުރަން ޖެހޭނެ. ޚުލާސާގެ ލީގާ ގުޅުމަށް ބޭނުންކުރާނީ "1NQ34PMZ" މި ކޯޑު. ވޯލްޑް ކަޕް ނިމޭތާ 7 ދުވަސްތެރޭ އިނާމު ހަވާލުކުރެވޭނެ.
130 ދުވަސް ކުރިން - 17:38