Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށްފި

ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
9 ގަޑިއިރު ކުރިން - 12 ޖޫން 2026 13:28
މި މެޗު އެއްވަރުކުރި ގޯލު ސައުތު ކޮރެއާއަށް ކާމިޔާބުކޮށްދިނީ ހުވާންގް އިން-ބިއޮމް---
މި މެޗު އެއްވަރުކުރި ގޯލު ސައުތު ކޮރެއާއަށް ކާމިޔާބުކޮށްދިނީ ހުވާންގް އިން-ބިއޮމް---
ޚުލާސާ

ދެކުނު ކޮރެއާއިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިން. މެޗުގައި ފުރަތަމަ ގޯލު ޖެހީ ޗެކް ރިޕަބްލިކުން. މި ގްރޫޕުގެ އެއްވަނައިގައި އޮތީ މެކްސިކޯ. ދެވަނައިގައި ދެކުނު ކޮރެއާ އޮތްއިރު ތިން ވަނައިގައި އޮތީ ޗެކް. އަދި ހަތަރު ވަނައިގައި އޮތީ ސައުތު އެފްރިކާ.

މެކްސިކޯގެ ޒަޕޯޕަންގައި ހުންނަ ގުއަޑަލަޖާރާ ސްޓޭޑިއަމްގައި މިއަދު ހެނދުނު 07:00 ގައި ކުޅުނު ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި، ދެކުނު ކޮރެއާއިން ފަހަތުން އަރައި 2-1 އިން ޗެކް ރިޕަބްލިކް ބަލިކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމިގެން ކުޅުންތެރިން ދަނޑުން ފޭބިއިރު ސަޕޯޓަރުންގެ ފަރާތުން ނުރުހުމުގެ އަޑުތައް އަމާޒުވިއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން 59 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކްގެ ކެޕްޓަން ލަޑިސްލާވް ކްރެޖްޗީ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ.

ދެކުނު ކޮރެއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 67 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުވާންގް އިން-ބިއޮމް އެވެ. އޭނާ މި ލަނޑު ޖެހީ ޗެކް ރިޕަބްލިކްގެ ދެ ކުޅުންތެރިން ކައިރިން ވަރަށް ހުޝިޔާރުކަމާއެކު ނައްޓާލުމަށްފަހުއެވެ. މެޗުން ދެކުނު ކޮރެއާ މޮޅުވި ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޯ ހިޔޮން-ގްޔޫ އެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް ފުރަތަމަ ލަނޑު ޖެހި ހުވާންގް އެވެ.

Advertisement

Advertisement 1

ދުނިޔޭގެ ރޭންކިންގެ 25 ވަނައިގައި އޮތް ދެކުނު ކޮރެއާއިން މި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. 2006 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރާ ޗެކް ރިޕަބްލިކްގެ މައްޗަށް ދެކުނު ކޮރެއާއިން ކުރިހޯދިއިރު، އެ ޓީމުގެ ތަރި ސޮން ހިއުންގް-މިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މި މެޗު ބެލުމަށް 44,985 ސަޕޯޓަރުން ދަނޑަށް ވަދެފައިވާއިރު، ސްޓޭޑިއަމްގެ ބައެއް ސަރަހައްދުތަކުން ހުސް ގޮނޑިތައް ފެންނަން ހުއްޓެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މެކްސިކޯ އިން ވަނީ 2-0 އިން ސައުތު އެފްރިކާ ބަލިކޮށްފައެވެ. މިހާރު ގްރޫޕް އޭގެ އެއްވަނައިގައި މެކްސިކޯ އޮތްއިރު، ދެކުނު ކޮރެއާ އޮތީ ދެވަނައިގައެވެ. ތިންވަނައިގައި ޗެކް ރިޕަބްލިކް އޮތްއިރު، ފުލުގައި އޮތީ ސައުތު އެފްރިކާއެވެ.

މި ގްރޫޕްގެ ދެން އޮތް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 18 ގައެވެ. އެދުވަހު މެކްސިކޯ ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. އަދި ޗެކް ރިޕަބްލިކް ބައްދަލުކުރާނީ ސައުތު އެފްރިކާއާއެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި 12 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމާއި، ތިންވަނައަށްދާ އެންމެ ރަނގަޅު 8 ޓީމު ގަދަ 32 ގެ ބުރަށް ހޮވޭނެއެވެ.

ފީފާ ވޯލްޑް ކަޕްދެކުނު ކޮރެއާޒެޗް ރިޕަބްލިކް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއީ ވޯލްޑު ކަޕު ހުޅުވާ މެޗެއްގައި ފެނިގެންދިޔަ އެންމެ ގިނަ ރަތްކާޑު؛ މެޗު ކާމިޔާބުކުރީ މެކްސިކޯއިން

ގިނަ ރަތްކާޑު ފެނިގެންދިޔަ މެޗު މެކްސިކޯއިން ކާމިޔާބުކޮށްފި

20 ގަޑިއިރު ކުރިން - 02:22

ވޯލްޑް ކަޕުގެ އިންތިޒާރުގައި ތިބި އެތައްހާސް ދިވެހީންނަށް މީޑިއާނެޓުގެ ފަރާތުން ބޮޑު މާޔޫސްކަމެއް

ވޯލްޑްކަޕުގެ އިންތިޒާރުގައި ތިބި އެތައްހާސް ދިވެހީންނަށް މީޑިއާނެޓުގެ ފަރާތުން ބޮޑު މާޔޫސްކަމެއް

23 ގަޑިއިރު ކުރިން - 23:52

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ އެންމެ ފޯރިގަދަވާނެ 5 މެޗަކީ ކޮބައިކަން އިނގޭތަ؟

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ އެންމެ ފޯރިގަދަވާނެ 5 މެޗަކީ ކޮބާ؟

1 ދުވަސް ކުރިން - 19:58

ފެންޓަސީ އެކައުންޓެއް ހުޅުވާލައިފިންތަ؟ އަވަހަށް ހުޅުވާލާ! ޚުލާސާއިން މި ދެނީ 5000 ރުފިޔާ

ވޯލްޑް ކަޕް ފެންޓަސީގައި ބައިވެރިވެގެން 5،000 ރުފިޔާ ހޯދުމުގެ ފުރުސަތު!

1 ދުވަސް ކުރިން - 17:38

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

1 ދުވަސް ކުރިން - 16:51

ފީފާ ވޯލްޑް ކަޕް މިރޭ ފަށަނީ: ފުރަތަމަ މެޗުގައި މެކްސިކޯއާއި ދެކުނު އެފްރިކާ ބައްދަލުކުރަނީ

ވޯލްޑް ކަޕް މިރޭ ފަށަނީ: ފުރަތަމަ މެޗުގައި ވާދަކުރާނީ މެކްސިކޯއާއި ދެކުނު-އެފްރިކާ

1 ދުވަސް ކުރިން - 08:42